ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުނިޔެއަށް ކުރިމަތިވި ކްރައިސިސްތަކުގެ ތެރެއިން އިގްތިސޯދަށް އެންމެ ގޮންޖެހުން ބޮޑުވި ދުވަސްވަރަކީ މިއީ: ޝިމާދު

WhatsApp Image 2026 08 10 at 23.36.18
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދުނިޔެއަށް ކުރިމަތިވި ގިނަ ކްރައިސިސްތަކުގައި ސަރުކާރުގައި މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް މިވަރަށް ރާއްޖޭގެ އިގްތިސޯދަށް ގޮންޖެހުން ބޮޑުވި ދުވަސްވަރެއް މީގެ ކުރިން ނާންނަ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އިގްތިސޯދީ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ދެ ހާސް އަށެއްގެ ފައިނޭންޝަލް ކްރައިސިސް އައިއިރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ދަރަނި ބެލެހެއްޓެވުމުގެ އިސް ވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި އޭރުގެ ހާލަތާ އަޅާބަލާއިރު ދުނިޔޭގެ މަޝްރަހަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް މާ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔައީ ނުހަނު ބޮޑަށެވެ. ހާއްސަކޮށް މުދާ އުފުލުމާ ގުޅުންހުރި ހަރަދުތައް އިންތިހާއަށް އުފުލިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ހަނގުރާމަ ފެށުނު ދުވަހުން Pat ވެގެން މުދާ އުފުލާ ބޯޓުތަކުން އިންޝުއަރެންސް ދިނުން ހުއްޓާލުމުން، ދެން ޖެހުނީ އަގުބޮޑު ވޯ ރިސްކް އިންޝުއަރެންސް ނަގަން ކަމަށް ޝިމާދު ވިދާޅުވިއެވެ. އެ ޕޮލިސީ ވިއްކީ ހަފުތާއަކަށް ކަމަށްވާތީ، ރާއްޖެއިން އޯމާންއާއެކު ތެލުގެ ވިޔަފާރި ކުރާއިރު ކޮންމެ ހަފުތާއަކު އެ އިންޝުއަރެންސް ނަގަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ބޯޓު ޗާޓަރު ކުރަން ހަ ލައްކަ އެމެރިކާ ޑޮލަރު ހަރަދުވި ނަމަވެސް، އެ އަގު ނުވަ ލައްކަ ފަންސާސް ހާސް ޑޮލަރަށް އުފުލި، ފަންސާސް އިންސައްތައިގެ އިތުރުވުމެއް އައިކަން އޭނާ ހާމަކުރެއްވިއެވެ. މިއީ ރާއްޖެއިން ކުރި ކަމެއް ނޫން ކަމަށާއި ނަމަވެސް އިގްތިސޯދީ ގޮތުން މި ހަރަދުތައް އުުފުލަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ނާޒުކު ހާލަތެއްގައި ރާއްޖެއަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދުރާލާ ސަރުކާރުން ކުރެއްވި މަސައްކަތްތަކުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ޝިމާދު ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ކްރައިސިސް ކޮމެޓީއެއް އުފައްދަވައި، އެ ކޮމެޓީގެ ބެލުމުގެ ދަށުން ތެލާއި ކާބޯތަކެތި ހުސްވިޔަ ނުދީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ތެލުގެ ބާވަތްތައް ހުސްވި އިރު، ޔޫރަޕުގެ ބައެއް ގައުމުތަކުގައި ތެޔޮ ހުސްވެގެން ފްލައިޓްތައް ހުއްޓާލަން ޖެހުނު ކަމަށް ޝިމާދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް ބަރާބަރަށް ތެޔޮ ގެނެވުނު ކަމަށާއި، އެސްޓީއޯއާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަނގަޅަށް އިންތިޒާމުކުރުމުގެ ސަބަބުން ރާއްޖެ ތެލަށް ޖެހުނަނުދީ ހިފެހެއްޓުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާ އަވައްޓެރި ގައުމުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝިމާދު ވިދާޅުވީ އިންޑިއާ ފަދަ ގައުމުތަކުން އާންމުންނަށް ތެޔޮ ވިއްކުން ލިމިޓްކޮށް، ބައެއް ވަގުތުތަކުގައި ތެޔޮ ވިއްކުން މުޅިން ހުއްޓާލި ނަމަވެސް ރާއްޖޭގައި އެފަދަ ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށެވެ. އަދި ބޭރުގެ ބައެއް ރެސްޓޯރެންޓްތަކުން ހިދުމަތް ނުދެވިގެން ބަންދުކުރަން ޖެހުނު ނަމަވެސް، މާތްﷲގެ އިރާދަފުޅުން ރާއްޖެއަށް އެފަދަ ދަތި އުނދަގޫ ހާލަތަކާ ކުރިމަތިލާން ނުޖެހި ސަލާމަތްވެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތައް 7 ރަށެއްގައި، އިތުރު ތަންތަން މިއަހަރު ހުޅުވަނީ

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

6745be31 9f7b 4135 ae94 f9cffbfef23b

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް