ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތި ކަމެއްނެތި ލިބޭނެ : ޝިމާދު

390133 3 3b53efe1289d058a477169fc90d8459f38664327 Medium
TTH_Ads
STO_Ads
Advertisement

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެފައިވާ ގޮތުގައި، ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން ދުރާލާ ތައްޔާރުވަމުން ދެއެވެ.

“އެކްސް” މެދުވެރިކޮށް ޝިމާދު ހިއްސާކުރެއްވި މަޢުލޫމާތުގައި، ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް ބަލަމުންދާ ކަމަށާއި، އަގު މައްޗަށް ދިއުމުގެ ފުރުޞަތު އޮތް ބާވަތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވާފައިވެއެވެ. މި ގޮތުން، ލުނބޯގެ ފުރަތަމަ ޝިޕްމަންޓް މިހާރު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަމަޟާން މަހާ ގުޅިގެން، އަސާސީ އަދި ޒަރޫރީ ބޭނުންތަކުގެ ހުރިހާ މުދަލެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. ޚާއްޞަކޮށް ރޯދަމަހު އެންމެ ބޭނުންވާ ތަކެތީގެ އަގު ހިފެހެއްޓުމުގައި އެސްޓީއޯގެ ދައުރު ވަރަށް މުހިންމެވެ.

MMA_Ads
HajjCop_ads
Advertisement

މި ވަގުތު އެސްޓީއޯއިން ވަނީ ހަތަރު ބައިކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމުގެ މަސައްކަތް ފަށާފައެވެ. އެއީ:

1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް، އަލުވި، ކާށި، އަދި ކަދުރު
2. ތާޒާ ތަރުކާރީ އަދި މޭވާ: ލުނބޯ، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، އަދި ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، އަދި ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، އަދި ބާސްމަތި ހަނޑޫ

އެސްޓީއޯގެ މައިގަނޑު އަމާޒަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މި މަސައްކަތުގެ ތެރެއިން، ރަމަޟާން މަހު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އެކަށީގެންވާ އަގެއްގައި ލިބޭނެކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިދުރީސް
ތިގެނަޔަސް އަގުހެޔެއް ނުވާނެ ، އެގިދާނެތާދޯ؟
ަ ަސާދާ
ވިޔަފާރިވެރިން ތިކަމާއުފަލެއް ނުވާނެ
ފ ފާއިޒް
އެމް ޑި އަށަ ހަަމަ ސާބަސް ، އުފާކުރަން ތިކަން ކުރާތީ ރަމަޝާން މަހަށް

ގުޅުންހުރި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި

އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެ