ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާލް ރެސިޑެންސީ ޕްރޮގްރާމާ މެދު އެމްޑީޕީގެ ޚިޔާލުތަފާތުވުންތަކެއް، ނަޝީދުގެ ފުރިހަމަ ތާއީދު އެބައޮތް!

Raees Nasheed
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓުތައް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކުރާ “ޕާލް ރެސިޑެންސީ” ވިސާ ޕްރޮގްރާމް ހުއްޓުވަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހެޅި ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕްރޮގްރާމަށް ތާއީދު ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްގެން ފަށާ މި ޕްރޮގްރާމަކީ، ރާއްޖޭގައި އިންވެސްޓްކޮށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި ގަރާރުގައި، މިއީ ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި ވަކި ބާރުތަކެއް ލިބިފައިވާ “ވަކި ދައުލަތެއް” އުފެދިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ފާހަގަކޮށްފަ އެވެ. އަދި ވަކި ގާނޫނެއް ފާސްކުރަންދެން މި ޕްރޮގްރާމް ހުއްޓާލުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

HajjCop_ads
Advertisement

ނަމަވެސް، މި ޕްރޮގްރާމަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދަށް ނުހަނު ފައިދާހުރި، ޓޫރިޒަމްގެ އާ ބާވަތެއްގެ ވިޔަފާރީގެ ފުރުސަތެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރުމަށް ކުރާ ވަރަށް މުހިންމު މަސައްކަތެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، މިކަން ކުރިއަށް ގެންދާނީ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެސިޑެންސީ މާކެޓުކޮށްދޭ ވަރުގަދަ ފަރާތްތަކާ ގުޅިގެން ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަޝްރޫއުތައް ހުއްޓައިލުމަށް ނަޝީދު ގޮވާލައްވައިފި

Io

ކުރީގެ ރައީސުންގެ ސެކިއުރިޓީ އުސޫލަށް ގެނައި ބަދަލާމެދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

43

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނުކަން ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ