ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާ ކަނޑުގެ ސަލާމަތަށް ބޮޑެތި ބާރުތަކުގެ އެހީ ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

Gujjg9hasaavzra
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ — ފޮޓޯ: އެމްޑީޕީ
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި މެދުފަންތީގެ ބާރުތަކުން މި ސަރަހައްދަށް އަސްކަރީ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. ހޯރްމޫޒް ކަނޑުއޮޅިއާއި، ބާބުލް މަންދަބް އަދި ރަތްކަނޑަށް ވަންނަ ދޮރާށި ބަންދުވުމަށްފަހު އަލުން ހުޅުވިއްޖެ ނަމަ، ހަނގުރާމަވެރި ޖަމާއަތްތަކުން ރާއްޖޭގެ ހުވަދޫ ކަނޑާއި ކާށިދޫ ކަނޑު ބަންދުކުރުމުގެ ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްކާތެރިކަމަށްޓަކައި އިންޑިއާއަށާއި އެހެނިހެން އެކުވެރި ގައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑުކަން ފާހަގަކުރައްވަމުން، އިންޑިއާއާއެކު މާނަހުރި މަޝްވަރާތަކެއް ކުރުމަށް ނަޝީދު ގޮވާލެއްވިއެވެ. ރަތްކަނޑާއި ގަލްފް ސަރަހައްދު ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ އާ މަގުތައް ހޯދަމުންދާއިރު، އެފްރިކާ އާއި އިންޑިއާ ކަނޑުގެ ވިޔަފާރި މަގުތަކުން ރާއްޖެއަށް އާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ލަފާކުރެއްވިއެވެ.

HajjCop_ads
Advertisement

ކާށިދޫ ކަނޑާއި ހުވަދޫ ކަނޑަކީ މަދު ބަޔަކަށް ވެސް ހުރަސްއެޅިދާނެ ފަދަ ނާޒުކު ސަރަހައްދުތަކެއް ކަމަށާއި، އެފަދަ ނުރައްކާތައް ހުއްޓުވުމުގެ ގާބިލުކަން ރާއްޖޭގެ ކައިރި ކަނޑުފަޅުގައި ގާއިމުކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި ހަނގުރާމަވެރި ޖަމާއަތްތައް އުފެދުން ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާ ކަނޑުގައި ހަމައެކަނި ހަތިޔާރު ބޭނުންކޮށްގެން ހުރިހާ މައްސަލައެއް ހައްލުނުވާނެ ކަމަށާއި އެންމެ މުހިންމު ކަމަކީ މުޖުތަމައު ރަނގަޅަށް ބަލަހައްޓައި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ މާހައުލެއް ގާއިމުކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫސާ ރަޝީދު
Ebaavathuge beykaaru kosthah govaane

ގުޅުންހުރި

Qw

ރާއްޖޭގެ ވެރިކަމާ ހަވާލުވާން އަޅުގަނޑު މިހުރީ ތައްޔާރަށް: ނަޝީދު

Raees Nasheed

ޕާލް ރެސިޑެންސީ ޕްރޮގްރާމާ މެދު އެމްޑީޕީގެ ޚިޔާލުތަފާތުވުންތަކެއް، ނަޝީދުގެ ފުރިހަމަ ތާއީދު އެބައޮތް!

Io

ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަޝްރޫއުތައް ހުއްޓައިލުމަށް ނަޝީދު ގޮވާލައްވައިފި

Io

ކުރީގެ ރައީސުންގެ ސެކިއުރިޓީ އުސޫލަށް ގެނައި ބަދަލާމެދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި