ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

Qw
TTH_Ads
STO_Ads
Advertisement

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިގްތިސާދު ހެއްދެވުން ކަމަށެވެ.

މި ބޮޑު މަޝްރޫޢުގެ ދަށުން “މޯލްޑިވްސް 2.0” ގެ ތަސައްވުރާ އެއްގޮތަށް އެކި ދާއިރާތައް ޑިޖިޓަލް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްމާޓް އައިޑީ ކާޑު ތައާރަފް ކުރުމަކީ މި މަޝްރޫޢުގެ އެންމެ މުހިންމު އެއް ބައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުއްވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ކާމިޔާބީއަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނޭހެން ރާއްޖޭގައި ހިންގާ ބޭންކުތަކުން ވެސް މި ކަމުގައި ބައިވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސްމާޓް އައިޑީ ކާޑަކީ ފިންގާޕްރިންޓާއި ޗިޕް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ކާޑެކެވެ. ރައީސް ވިދާޅުވީ މި ކާޑުގެ އެހީގައި ޕޭމަންޓްތައް ދެއްކުމުގެ އިތުރުން، އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވި ގޮތުގައި، އަތުގައި އޮންނާނީ ފިޒިކަލް އައިޑީކާޑެއް ނަމަވެސް، އައިޑީކާޑުގެ ބާވަތް ޑިޖިޓަލައިޒްކޮށް، ސްމާޓްކޮށް ބަދަލުވެގެންދާނެއެވެ. އަދި އޭގެއިން ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭ ކަހަލަ ޕޭމަންޓް ދެއްކުން ވިޔަސް ހުރިހާ ކަމެއް ވެސް ކުރެވޭ ގޮތަށް މި ބަދަލުތައް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ މުޅި ރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުން ފޯރުކޮށްދޭ ހުރިހާ ހިދުމަތަކީ ވެސް ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ހޯދޭނެ ޚިދުމަތްތަކަކަށް ހެދުމެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ “މޯލްޑިވްސް 2.0” މަޝްރޫޢު ރައީސް އިފްތިތާޙްކޮށްދެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހެވެ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް ތިން އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heena

އުތީމުގައި ތަރައްޤީކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި” ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

469260 889edeab b

2027 ވަނަ އަހަރަކީ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ނިމޭނެ އަހަރު: ރައީސް

ChatGPT Image Aug 13, 2026, 02 55 31 PM

ސްޓޭޓް މިނިސްޓަރު ލަތީފް މަގާމުން ވަކިކުރައްވައިފި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ