ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫކްރެއިން ސިފައިން ރަޝިޔާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

STO_Ads
TTH_Ads
Advertisement

ޔޫކްރެއިން ސިފައިން ރަޝިޔާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޔޫކްރެއިން ސިފައިން ދުރުރާސްތާ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދީފައިވަނީ ރިޔާޒަންގައި ހުންނަ ތެޔޮ ސާފުކުރާ ދެ ކާރުޚާނާއަކަށާއި، ލޮޖިސްޓިކް ހަބަކަށާއި، އެކްސްޕޯޓް ޓާމިނަލްއަކަށާއި، އަސްކަރީ ސައިޓަކަށެވެ.

ރިޔާޒަންއިން ހަމަލާދިން ލޮޖިސްޓިކް ހަބަކީ، ކްރައިމިއާގައި ގާއިމްކޮށްފައިވާ ރަޝިޔާ ސިފައިންގެ އެންމެ ބޮޑު ލޮޖިސްޓިކް ހަބެވެ.

HajjCop_ads
Advertisement

ހަމަލާދިން އަސްކަރީ ސައިޓަކީ ރަޝިޔާގެ ބްލެކް ސީ ފްލީޓްގެ ހައި ސްޕީޑް ބޯޓުތައް ހުންނަ ބޭސްއެވެ.

ޔޫކްރެއިން ސިފައިން ރަޝިޔާގެ ތަންތަނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކާއި އަދި މަރުވި މީހުންނާ ގުޅޭގޮތުން ރަޝިޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް، ޔޫކްރެއިން ސިފައިންގެ ހަމަލާތައް އަމާޒުވެ ތަންތަނުގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވަމުން އެބަދެއެވެ.

އެމެރިކާގައި މިވަގުތު ހުރި ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ ޔޫކްރެއިން ސިފައިންގެ މަސައްކަތަށް ތައުރީފްކޮށްފައެވެ.

އޭނާ ބުނީ، ސިފައިން ހަމަލާދިން ތަންތަނަކީ، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ދިގުދައްމަން ބޭނުންކުރާ އަދި އެހީތެރިވަމުންދާ ތަންތަން ކަމަށެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ރަޝިޔާ ބަލިކޮށް ނިކަމެތިކުރަންޖެހޭ ކަމަށާއި، އެކަމަށްޓަކައި ޔޫކްރެއިނަށް އެހީތެރިވަމުންދާ ފަރާތްތަކަށް ޒެލެންސްކީ ޝުކުރު އަދާކުރިއެވެ.

ޒެލެންސްކީ އެމެރިކާއަށް ގޮސް އުޅެނީވެސް ރަޝިޔާއަށް ހަމަލާދޭން ބޭނުންވާ ހަތިޔާރު ހޯދުމަށެވެ. އެމެރިކާގެ ރައީސްވެސް ޓްރަމްޕަށް ބޮޑެތި އުންމީދުތަކެއް ދީފައި ވެއެވެ.

އަނެއްކޮޅުން، ޔޫކްރެއިންގެ ޖާސޫސީ އިދާރާތަކުން ރަޝިޔާ ތެރޭގައި ދޭ ޓެރަރިސްޓު ހަމަލާތައް ކޯޑިނޭޓް ކުރުމަށް ޓެލެގްރާމް އެޕް ބޭނުން ކުރަމުންދާތީއާއި، ޔޫކްރެއިނުން ކުރިން ހަދާފައިވާ ޓެރަރިޒަމަށް  ހިތްވަރުދޭ ގްރޫޕްތަކެއް ޑިލީޓްކޮށްލަން ދެކޮޅު ހަދާފައިވުމުން ރަޝިޔާއިން މިހާރުވަނީ ޓެލެގްރާމްގެ ކޯ ފައުންޑަރ ޕަވެލް ދުރޯފް އިންޓަރނޭޝަނަލް މޯސްޓް ވޯންޓެޑް ލިސްޓަށް ލައި އަދި އޭނާ ހައްޔަރުކުރަން ބައިނަލްއަގްވާމީ އަމުރެއް ނެރެފައެވެ. ޕަވެލް ދުރޯފްއަކީ ރަޝިޔާއަށް އުފަން މީހެކެވެ.

ރަޝިޔާގެ ސީކްރެޓް ސަރވިސްއިން ބުނެފައިވަނީ، ދުރޯފް އަތުގައި ފްރާންސް އަދި ޔޫއޭއީގެ ޕާސްޕޯޓް އޮންނަ ކަމަށާއި، އޭނާ މިވަގުތު ހުރީ ފްރާންސްގައި ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިރާގުގެ އެކި ހިސާބުތަކުގައި ބޮންގޮއްވީ ޔޫކްރެއިންގެ ގްރޫޕްތަކުން: އިރާގު ސަރުކާރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން އެހީތެރިވާން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅައިފި

އިންޑިއާ އަސްކަރިއްޔާގެ ކާގޯ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ކުއްލި: ރަޝިޔާގެ ދިދަޖެހި ތެޔޮ ޓޭންކަރަށް އެމެރިކާ ސިފައިން އަރައި ޓޭންކަރު ހިފައިފި