ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން އެހީތެރިވާން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅައިފި

TTH_Ads
STO_Ads
Advertisement

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނެސް މައްސަލައަށް ހައްލެއް ހޯދުމަށް އެހީތެރިވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅައިފިއެވެ.

އެމެރިކާގެ ރައީސްގެ މި ހުށަހެޅުން އައީ، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ފޯނުން ގުޅައި ވާހަކަ ދައްކަމުންނެވެ.

ރަޝިޔާގެ ރައީސްގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ އެހީތެރިއެއް ކަމަށްވާ ޔޫރީ ޔޫޝަކޯވް ވިދާޅުވީ، ދެ ލީޑަރުން 90 ވަރަކަށް މިނެޓް ވަންދެން ފޯނުން ވާހަކަ ދެއްކެވި ކަމަށެވެ.

HajjCop_ads
Advertisement

ޔޫރީ ޔޫޝަކޯވް ވިދާޅުވީ، ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނެސް، މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެހީތެރިވުމަށް ތައްޔާރަށް ހުރި ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް، ރަޝިޔާގެ ރައީސް ޕޫޓިންއަށް ދެންނެވި ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިން އެމެރިކާގެ ފޯކަސް އެނބުރިގެން ދިޔައީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

އެމެރިކާގެ ރައީސާއި، ރަޝިޔާގެ ރައީސް ފޯނުން ވާހަކަ ދެއްކެވި ކަމުގެ ޚަބަރުތައް އާންމުވެގެން ދިޔައިރު، ޔޫކްރެއިންގެ ރައީސް ޒެލެންސްކީވެސް އެމެރިކާގެ ރައީސާ ފޯނުން ވާހަކަ ދައްކައި، ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ޔޫރީ ޔޫޝަކޯވް ވަނީ، ރަޝިޔާ-ޔޫކްރެއިންގެ ކުރިމަތިލުން އިތުރަށް ގޯސްކޮށް، މަސްލަހަތު ނަގާލައި އަދި ރަޝިޔާ ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ޒެލެންސްކީއާއި އަދި އޭނާގެ ޔޫރަޕްގެ ބައިވެރިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ އެހީތެރިކަމާއެކު ޔޫކްރެއިން ސިފައިން އިއްޔެރޭވަނީ ދުރުރާސްތާ ޑްރޯން ބޭނުންކޮށްގެން ރަޝިޔާއަށް ހަމަލާތައް ދޭން ފަށާފައެވެ. ޔޫކްރެއިން ސިފައިންގެ ހަމަލާތައް މައިގަނޑުގޮތެއްގައި އަމާޒުކުރަމުން ގެންދަނީ ރަޝިޔާގެ ތެލުގެ ސިނާއަތާ ގުޅުންހުރި ތަންތަނަށެވެ.

ޔޫކްރެއިންގެ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ބައެއް ސަރަހައްދުތަކުގައި ތެލުގެ އަގު އިންތިހާއަށް ވަނީ މައްޗަށް ގޮސްފައެވެ.

ރައްދުގައި ރަޝިޔާ ސިފައިން ޔޫކްރެއިންގެ އެކި ހިސާބުތަކަށާއި، ވެރިރަށް ކިޔޭވަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ. އަދި ޔޫކްރެއިންގެ އިރުމަތީ ޑޮނެސްކް ސަރަހައްދުގެ މުހިންމު ސިޓީއެއް ކަމަށްވާ ކޮސްޓިއަންޓިނިވްކާ ރަޝިޔާ ސިފައިން ހިފާފައިވާ ކަމަށް ރަޝިޔާގެ ޖެނެރަލުން ހުކުރު ދުވަހުވަނީ ރައީސް ޕޫޓިންއަށް ދަންނަވާފައެވެ.

ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި، ޔޫކްރެއިން ސިފައިންގެ ވެރިން ހޮނިހިރު ދުވަހު ބުނެފައިވަނީ، އެ ސިޓީ އަދިވެސް ކޮންޓްރޯލް ކުރަނީ ޔުކްރެއިން ސިފައިން ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި ދެން ބަލަހައްޓާނީ އެމެރިކާއިން، ފީވެސް ނަގާނަން: ޓްރަމްޕް

“އީރާނުން އެދިގެން” ވާހަކަދައްކަން ނިންމައިފިން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރަކުނެތް: ޓްރަމްޕް

އެއްބަސްވުންތައް ނިމުނީ، އީރާނަށް މިރޭވެސް ހަމަލާދޭނަން: އެމެރިކާގެ ރައީސް

ތުރުކީ-އެމެރިކާގެ ގުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފި