ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިއާގެ އޭޕީޔޫގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަށް ހާއްސަ ހަރަކާތެއް މާލޭގައި ބާއްވަނީ

Qw
Maldivian_Ads
STO_Ads
TTH_Ads
Advertisement

މެލޭޝިއާގެ އެޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ) ގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން، ޔުނިވާސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ހާއްސަ ހަރަކާތެއް މާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ މާލޭގެ މާގިރި ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ހުންނަ މީޓިން ރޫމުގައެވެ. މި ހަރަކާތް ކުރިއަށް ދާނީ ދެ ދުވަހު ވެސް ހަވީރު 5:00 އިން ރޭގަނޑު 9:00 އަށެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މެލޭޝިއާގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީން ލިބެން ހުރި ކޯސްތަކާއި، ކިޔެވުމުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި އެތަނުގައި ތިބެގެން ސީދާ އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމުތައް ވެސް މި ހަރަކާތުގެ ތެރެއިން ހަމަޖެހިފައިވެއެވެ.

HajjCop_ads
Advertisement

މި ހަރަކާތަށް ހާޒިރުވާ ފަރާތްތަކަށް ޔުނިވާސިޓީގެ ތަޖުރިބާކާރުންގެ ފަރާތުން ކޯސްތަކާ ބެހޭ ގޮތުން ސުވާލުކޮށް، ކިޔެވުމާ ގުޅޭ އިތުރު ތަފުސީލުތައް ސީދާ އޮޅުން ފިލުވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މިއީ މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ދަރިވަރުންނަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެލޭޝިޔާއާއި ބަންގްލަދޭޝް އިން ރޮހިންޔާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެނީ

ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް މަނާކުރުމުން މެލޭޝިއާގެ ބޮޑުވަޒީރުގެ ތަޢުރީފު ރައީސަށް

ރާއްޖެއާއި މެލޭޝިއާއާއި ދެމެދު މުހިންމު ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވުންތަކެއް

Big MNaBUmeR10tAA9h368q9yt2m9

މެލޭޝިއާއިން ރައީސަށް ހޫނު މަރުޙަބާއެއް