ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަކި ގަޑިތަކެއްގައި މާލެ ސަރަޙައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި

788
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިޢުލާނަކުން މަނާކޮށްފިއެވެ.

މި ނިންމުމަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކޮށް އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ. ސަރުކާރުގެ އަމާޒަކީ އެންމެންނަށް ވެސް އަމާން މާހައުލެއް ގާއިމުކޮށްދިނުމެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ފޯކްލިފްޓާއި ޓްރަކާއި ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް ވެސް އެ ވަގުތުތަކުގައި ދުއްވުން ވަނީ މަނާކޮށްފައެވެ.

HajjCop_ads
Advertisement

މި މަނާކުރުން ހިނގާނީ ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައެވެ. އަދި ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ވެސް މި ވަގުތުތަކުގައި އެފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް ވެސް ބަރު އުޅަނދުތައް ދުއްވުން މަނާވާނެއެވެ. މި މުއްދަތުގައި ވެސް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި ދުއްވުން މަނާވާނެއެވެ.

ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލް ސަރަޙައްދުތަކުގައި އެއްވެސް ބަރު އުޅަނދެއް ދުއްވުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި އެފަދަ އުޅަނދުތަކުގައި މުދާ އުފުލުމަކީ ވެސް މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޕާކްކުރުން މަނާކޮށް ފިޔަވަޅު އަޅަން ފަށަނީ

43

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

78

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

78

އެމްބިއުލާންސަށް ޖާގަނުދީ މަގު ބަންދުކޮށްގެން މުދާ ބޭލުވި ޕިކަޕް ޑްރައިވަރުގެ މައްސަލަ ބަލަނީ