ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސީ ޕާޓީތަކުގެ މާލިއްޔަތު ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އެކުލަވާލަނީ

Image 870x 6a67778e1fa79
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ ޓެކްސް ފައިސާ ހިމެނޭހެން ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުތައް ދެނެގަތުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ޚާއްޞަ އުސޫލެއް އެކުލަވާލައި ގެޒެޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ހާމަކުރެއްވި ގޮތުގައި، އަލަށް ތަޢާރަފުކުރާ މި އުސޫލަކީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާއާ އެކު އެކުލަވާލައި ނިންމާފައިވާ އުސޫލެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ޕާޓީތަކުގެ މާލީ ކަންކަން އާންމު ގޮތެއްގައި ރަނގަޅަށް ބެލެހެއްޓި ނަމަވެސް، އެންމެން ޢަމަލުކުރާނެ ވަކި މިންގަނޑެއް ނެތުމުގެ ސަބަބުން ބައިނަލްއަޤްވާމީ އޮޑިޓިންގ ސްޓޭންޑަޑްތަކާއި ރާއްޖޭގެ މާލިއްޔަތު ޤަވާއިދާ ފުށުއަރާ މައްސަލަތައް ދިމާވެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކާއި ނުލިބޭ ޕާޓީތަކުން ވެސް އަހަރީ މާލީ ބަޔާން ލައިސެންސް އޮންނަ އޮޑިޓަރަކު މެދުވެރިކޮށް އީސީއަށް ހުށަހެޅުމަކީ ލާޒިމުކަމެކެވެ.

HajjCop_ads
Advertisement

ޙަސަން ޒަކަރިއްޔާ ވިދާޅުވީ، “ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭ ގޮތް ވަރަށް ސާފުކޮށް އާންމުންނަށް އެނގެން ޖެހޭނެ” ކަމަށާއި، އޮޑިޓަރުން ފާހަގަކުރާ ކުދިކުދި މައްސަލަތަކަށް ވެސް ކޮމިޝަނުން ފާރަވެރިވެ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭއިރު، މި މުއްދަތުގައި ބަޔާން ހުށަނާޅައިގެން މި އަހަރު ވެސް ތިން ޕާޓީއަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަދާލަތު ޕާޓީން ބަޔާން ހުށަހަޅާފައި ނުވާއިރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޕޯޓު ހަވާލުކުރީ މުއްދަތު ހަމަވިތާ ހަފުތާއެއް ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ހާލަތްތަކުގައި، ސިޔާސީ ޕާޓީގެ އިތުރުން އެ ޕާޓީއެއްގެ މާލީ ކަންކަމާ ހަވާލުވެ ހުންނަ ފަރާތް ވެސް ޒިންމާދާރުކުރުވައި ޖޫރިމާނާކުރެވޭނެއެވެ. އަލަށް އެކުލަވާލާ އުސޫލުގެ ސަބަބުން މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އީސީން އުންމީދު ކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

Election commission

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ