ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންއެފްގެ މެންބަރުން ނޭނގި ވަކިކުރާ ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި

Large 173329248819u3kv
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޝަކީލް
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް، އެފަދަ ކަމެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނޫސްބަޔާނެއް މެދުވެރިކޮށް މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބަޔާން ނެރެފައިވަނީ، ޕީއެންއެފްގެ މެންބަރުން ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އެ ޕާޓީން ފުލުހަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުމަށްފަހު ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހުންނަވައި، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އެ ޕާޓީން ހޯދި ހޯދުންތަކުން އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ގަވައިދާ ހިލާފަށް ޕާޓީން މީހުން ވަކިކުރާކަން އެނގިފައިވާ ކަމަށެވެ. އަދި އެހެނިހެން ޕާޓީތަކުގެ ދަފުތަރުގައި މީހުން ޖައްސާ ކަމާއި ޕީއެންއެފުން މީހުން ވަކިކުރާ ކަމަށް ސާބިތުހިފޭ ވަރަށް އެ ޕާޓީގައި ހެކި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މައްސަލަތަކާ ގުޅިގެން ކޮމިޝަނުގެ ރައީސް ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނުއިރު، އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ އާންމުންގެ މެދުގައި ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އޮޅުވާލުންތައް ހިނގާ ކަމަށް ބުނެ އާންމުންނާއި ޕާޓީތަކުން ކުރަމުންދިޔަ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ޕާޓީތަކުގެ މެންބާޝިޕް ނިޒާމުގެ ތެރެއަށް އީ-ފާސް މިހާރު ވަނީ ތައާރަފުކޮށްފައި ކަމަށް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިހާރު ގާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިހުތިޔާރުގައި ބޭނުން ވަގުތެއްގައި ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި އެއީ ހަމައެކަނި އެ ފަރާތަކާއި ޕާޓީއަކާ ދެމެދު ހިނގާ މުއާމަލާތެއް ކަމަށާއި، މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި ފަރުދީ މިނިވަންކަމުގެ ތެރެއިން ނިންމާ ނިންމުމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މިފަދަ ރައްކާތެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އެ ކޮމިޝަނަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNF

ޕީއެންއެފްގެ މެންބަރުންގެ މައުލޫމާތު ވަގަށް ނަގާކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހަޅައިފި

Image 870x 6a67778e1fa79

ސިޔާސީ ޕާޓީތަކުގެ މާލިއްޔަތު ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އެކުލަވާލަނީ

Original

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

Election commission

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް