ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންއެފްގެ މެންބަރުންގެ މައުލޫމާތު ވަގަށް ނަގާކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހަޅައިފި

PNF
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކޮށް، އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީއެންއެފުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ އައިޑީ ކާޑުގެ މައުލޫމާތު ނަހަމަ ގޮތުގައި ވަގަށް ނަގައި، ސޮއި ފޯޖުކޮށްގެން އެ މީހުން އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމަށެވެ. މިއީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަތުން ކަމަށާއި، މި މައްސަލައަކީ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ހިންގާފައިވާ ބޮޑު “އައިޑެންޓިޓީ ތެފްޓް”ގެ ޖިނާއީ ޖަރީމާއެއްގެ ގޮތުގައި އެ ޕާޓީންވަނީ ސިފަކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތައް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އޮތީ އީސީއަށްކަމަށް ޕީއެންއެފުން ބުންޏެވެ. އެހެންކަމުން، އެ ކޮމިޝަނުގެ އެންމެ އިސް ވެރިޔާގެ އިހުމާލުން ނުވަތަ ބައިވެރިވުމާ އެކު މިފަދަ އަމަލުތަކެއް ހިންގުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ބިންގަލަށް ލޮޅުން އަރާނެ ނުރައްކާތެރި ކަމެއްކަމަށް ޕީއެންއެފުން ބުންޏެވެ.

HajjCop_ads
Advertisement

ޕީއެންއެފުން ބުނީ، މެންބަރުންގެ ރުހުމަކާ ނުލައި މަކަރާއި ހީލަތުން ޕާޓީ ބަދަލުކުރާ މި މައްސަލާގައި ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސާބިތުކަމާ އެކު އަޅަމުން ގެންދާނެކަމަށް ޕީއެންއެފުން ބުންޏެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޮހޮނު
efass kihinehbaa hoadhani

ގުޅުންހުރި

Large 173329248819u3kv

ޕީއެންއެފްގެ މެންބަރުން ނޭނގި ވަކިކުރާ ކަމަށް ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފި

Image 870x 6a67778e1fa79

ސިޔާސީ ޕާޓީތަކުގެ މާލިއްޔަތު ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އެކުލަވާލަނީ

Original

އީފާސް ނިޒާމުން ޕާޓީތަކަށް ނޭނގި މީހުން ވެއްދުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

Election commission

ޕާޓީތަކުގެ އޮޑިޓް ރިޕޯޓް އަދާލަތާއި އެމްއެންޕީން ހުށަނާޅާ: އިލެކްޝަންސް