ގއ. ވިލިނގިލީގައި ބިނާކުރާ ވަޤުފް އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް އެ އިމާރާތުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

ދެ ބުރިއަށް ހަދާ އެ އިމާރާތުގައި މިހާރު ކުރިއަށް ދަނީ ސިމެންތި ޖެހުމުގެ މަސައްކަތެވެ. މިއީ ރާއްޖޭގައި ވަޤުފްގެ ދާއިރާ ފުޅާކުރުމާއި ވަޤުފް މަޝްރޫޢުތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވިލިނގިލީގައި ވަޤުފު އުފައްދަން 10 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ވަނީ ނިންމާފައެވެ.

އިޝްތިހާރު އިޝްތިހާރު

އަތޮޅުތެރޭގައި ވަޤުފް އިމާރާތްތައް ހަދަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލޭގައިވެސް ވަޤުފް އިމާރާތްތަކެއް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ފުރަތަމަ ވަޤުފް އިމާރާތަކީ ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭގައި ހެދި 9 ބުރީގެ އިމާރާތެވެ. އެ އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ 12 ޖެނުއަރީ 2017 ގައެވެ.