ނ. ވެލިދޫގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކްގެ މަސައްކަތް ނިމިއްޖެއެވެ.

އާރުޑީސީން ބުނީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން ކުރިއަށްދިޔަ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އާރުޑީސީން ބުންޏެވެ.

މި މަޝްރޫއަށް ޖުމްލަ 581,850.00 ރުފިޔާ ޚަރަދުކުރިއެވެ.

އިޝްތިހާރު އިޝްތިހާރު

ޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އާރުޑީސީއާއިއެކު ސޮއިކޮށްފައިވަނީ، 29 މާރިޗު 2025 ގައެވެ. މި މަޝްރޫއުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ލޭންޑް ސްކޭޕިންގ އަދި ހާޑް ސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ޕާކު ސެޓުތައް އިންސްޓޯލްކުރުން ހިމެނެއެވެ.

ވެލިދޫގައި މި ޕާކު ތަރައްޤީ ކޮށްފައިވަނީ، އެރަށުގެ ދެކުނު އަވަށުގައެވެ.

މި ޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.