ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާއަށް ޑްރަގް އެތެރެކުރި ދެ ދިވެއްސަކު ހައްޔަރުކޮށްފި

ChatGPT Image Jul 25, 2026, 01 03 36 AM
STO_Ads
TTH_Ads
Advertisement

ސްރީ ލަންކާއަށް އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، އެ ގައުމުގައި އޭގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ލަންކާ ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި ދެ މީހުން އަތުން ޖުމްލަ އެއް ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތް ނުވަތަ އައިސް ފެނިފައިވާއިރު، ތަހުގީގަށްޓަކައި އެ މީހުން 14 ދުވަހަށް ބަންދުކުރުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ހަސަން އަބްދުﷲ، ނ. ލަންދޫ، ނިރު، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެއިން ލަންކާއަށް ދިޔަ މަގުމަތީގައި، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލަންކާގެ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހަސަން އަބްދުﷲ ހައްޔަރުކުރިއިރު، އޭނާ ހުރީ 602 ގްރާމްގެ އައިސް ހަށިގަނޑުގައި ބަނދެގެން ފޮރުވައިގެންނެވެ.

HajjCop_ads
Advertisement

ފުލުހުންގެ ތަހުގީގުގައި ހަސަން އަބްދުﷲ ބުނެފައިވަނީ، އޭނާ އެ މަސްތުވާތަކެތި އެ ގައުމަށް އެތެރެކުރީ ލަންކާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާ ހަވާލުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ފުލުހުން ވަނީ ކޮލޮމްބޯގެ ހޮޓަލެއް ބަލައި ފާސްކޮށް، އުމުރުން 28 އަހަރުގެ މުހައްމަދު ޝާފީ ބިން އަހުމަދު، ހ. ޕަލްމެއިރާ ހައްޔަރުކޮށްފައެވެ.

ލަންކާގެ ފުލުހުން މުހައްމަދު ޝާފީ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު، އެ ތަނުން ވެސް 607 ގްރާމްގެ އައިސް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ދިވެހިން ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ނިންމާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްރީލަންކާއަށް މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 15 މީހަކު މަރުވެއްޖެ

990

ލަންކާގައި އުޅޭ ދިވެހީން ކުރިއަށްގެންދާ އެހީގެ ހަރަކާތް ވަރަށް ކާމިޔާބު!

Mm

ލަންކާ ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

Mm

ޗަމްޕާގެ ރިސޯޓްތަކުން ސްރީލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއެއް