ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ، ކުޑަކުދިންގެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި އެއްކުރި ފައިސާއަށް ޚިޔާނާތްތެރިވި ތުހުމަތުގައި، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން، 73 އަހަރުގެ ޝިރާންތީ ހައްޔަރުކުރީ ކޮލަމްބޯއިންނެވެ. ކޮމިޝަނުން ބުނީ، އޭނާ ހިންގަވާ “ސިރިލިޔާ ސަވިޔާ ފައުންޑޭޝަން” އާ ގުޅޭ މައްސަލައެއްގައި ހައްޔަރުކުރި ކަމަށާއި، އޭނާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައަކީ، ކެންސަރު ހޮސްޕިޓަލަކަށް ޕެޓް ސްކޭނަރެއް ގަތުމަށް އެ ޖަމިއްޔާއިން އެއްކުރި 10 މިލިއަން ރުޕީސްއާ ގުޅޭ މައްސަލައެކެވެ. އެ ސްކޭނަރަކީ ޗައިނާ ސަރުކާރުން ހަދިޔާކުރި އެއްޗެއް ކަމަށާއި، އެހެން ނަމަވެސް ޖަމިއްޔާއިން އެހީ ހޯދުން ކުރިއަށް ގެންގޮސް، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ކޯޓަށް ބުނެފައިވެއެވެ. ނަމަވެސް ޝިރާންތީ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.

HajjCop_ads
Advertisement

ސެޕްޓެމްބަރު 16 ގައި ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު، އޭނާ އެނބުރި ލަންކާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. ކަފާލާތުގެ ދަށުން ދޫކޮށްލުމާ ބެހޭ އަޑުއެހުން ކޯޓުން ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 12 ގައެވެ.

ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރުން، ރާޖަޕަކްސަ އާއިލާގެ މެންބަރުންގެ މައްޗަށް ކޮރަޕްޝަނުގެ ތަހުގީގުތައް އަލުން ފަށާފައިވާއިރު، ޝިރާންތީގެ ދަރިކަލުން، އިދިކޮޅު މެމްބަރު ނާމަލް ރާޖަޕަކްސަވެސް މިހާރު ހުންނެވީ 2013 ގައި އެއާބަސް މަތިންދާބޯޓު ގަތުމާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ބަންދުގައެވެ. ރާޖަޕަކްސަ އާއިލާއިން ބުނަނީ އެ އާއިލާއާ ދެކޮޅަށް ހިންގާ މައްސަލަތަކަކީ ސިޔާސީ މަގުސަދުގައި ކުރާ ކަންކަން ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Klkl 1140x570

ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި

ChatGPT Image Jul 25, 2026, 01 03 36 AM

ލަންކާއަށް ޑްރަގް އެތެރެކުރި ދެ ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާއަށް މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 15 މީހަކު މަރުވެއްޖެ

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު