ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ

HNU6lNGakAAEG6V
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިމިގްރޭޝަންގެ މޮބައިލް އެޕް އަންނަ ހަފްތާގައި ލޯންޗްކުރަން ނިންމާފައިވާކަމަށް، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ، އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތަށް ޑިޖިޓަލްކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އިމިގްރޭޝަންގެ ތާރީހު ދައްކުވައިދޭ، އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ މައުރަޒު ހުޅުވުމާއި، ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ފަސީޙް ވިދާޅުވީ މިދިޔަ އަަހަރު ނޮވެމްބަރ މަހު އިމިގްރޭޝަންގެ ނިޒާމް 2.0 އަށް ބަދަލުކޮށް ހުރިހާ ސިސްޓަމެއް ޑިޖިޓަލައިޒްކޮށްފައިވާކަމަށާއި އޭރު އެ މުއައްސަސާގެ މޮބައިލް އެޕްވެސް ލޯންޗްކޮށްފައިވާކަމަށެވެ. އަދި އަންނަ ހަފްތާގައި އެޕް އަލުން ލޯންޗްކުރަން ނިންމާފައި ވަނީ، މޮބައިލް އެޕުން ޕާސްޕޯޓަށް އެދުމުގެ ޚިދުމަތާއި، ފޮޓޯ ނެގުމާއި، ވިސާނެގުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމްތަކާއި އެކުގައިކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

މޮބައިލް އެޕުން ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ. ވިސާވެސް ޗެކްކުރެވޭނެ. ހުރިހާ ޚިދުމަތެއް ލިބޭނެ.

HajjCop_ads
Advertisement

އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ފަސީހު ވިދާޅުވިއެވެ.

ފަސީހު ވިދާޅުވީ މިހާރު ރާއްޖެއަކީ އެންމެ އަވަހަށް ޕާސްޕޯޓް އިޝޫކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށެވެ. އަދި މާލޭގައި ޕާސްޕޯޓްގެ ޚިދުމަތް އާ އުސްމިންތަކަކަށް ގެންދެވިފައިވާ ކަމަށް ފަސީހު ސިފަކުރެއްވިއެވެ. މީގެއިތުރުން، އަތޮޅުތެރޭގެ ރައްޔިތުން ދިގު ދަތުރަކަށް ފަހު މާލެ އައިސް ބޮޑު ޚަރަދުތަކެއް ކޮށްގެން ޕާސްޕޯޓުގެ ޚިދުމަތަށް އެދުން ނިމުމަކަށް ގެނައުމަށްޓަކާ, ރާއްޖޭގެ 38 ސްޓޭޝަންގައި ޕާސްޕޯޓް ދޫކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ފަސީޙް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ޚިދުމަތް ހޯދަންދާ އާއްމުން އެތަނުގައި ހޭދަކުރާ ވަގުތު ފަސޭހަކޮށްދިނުމަށާއި، އެތަނުގައި ތިބޭއިރު އިމިގްރޭޝަނާއި ގުޅުންހުރި މައުލޫމާތު ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާކަމަށާއި، ދާދިއަވަހަށް، އިސްރަށްވެހިންނަށް ފޯމްފުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދޭނެ ކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސެލޫންއާ ސްޕާތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރި ހަތް ބިދޭސީން ހައްޔަރު ކޮށްފި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

426 ބިދޭސީއަކު ފާސްކޮށް، 13 ބިދޭސީން ހައްޔަރުކޮށްފި

immigration faseeh

ޓްރެވަލް ޑޮކިއުމަންޓުގެ ފީ ކަނޑާލުމުގެ ބާރު ކޮންޓްރޯލަރަށް