ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤާނޫނާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް އެހީތެރިވާ ދިވެހިންނަށް ވެސް ފިޔަވަޅު އަޅާނަން: ފަސީހު

immigration faseeh
STO_Ads
TTH_Ads
Advertisement

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޤައުމީ އޮޕަރޭޝަނުގެ ތެރެއިން ޤާނޫނާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކޮށް ފޯރުކޮށްދޭ ދިވެހިން ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވެއްޖެއެވެ.

ފަސީހު މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޤައުމީ އޮޕަރޭޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.

ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން އިޢުލާންކުރައްވާފައެވެ. މި އޮޕަރޭޝަން މިހާރު ފަށާފައިވާއިރު، މިކަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ހަރަކާތްތެރިވެއެވެ.

HajjCop_ads
Advertisement

މައުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތަކެއް ގަވާއިދާ ޚިލާފަށް ހިންގާކަން ފާހަގަކުރެވިފައި އެބަހުރި ކަމަށެވެ. އަދި މި ވިޔަފާރިތަކުގެ ތެރޭގައި ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ޤާނޫނާ ޚިލާފަށް ވިޔަފާރިތައް ހިންގާކަން ފާހަގަކުރެވޭކަމަށް ފަސީހު ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ޤައުމީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީންނާއި ބިދޭސީންނަށް ކަންކަން ފަހިކޮށްދޭ ދިވެހިންވެސް ހޯދާނެކަމަށް ފަސީހު ވިދާޅުވިއެވެ. އަދި އެފަދަ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރެވި ފިޔަވަޅު އަޅުއްވާނެކަމަށްވެސް ފަސީހު ވިދާޅުވިއެވެ.

“ބިޒްނަސްތަކަށް ވަދެ، ބިދޭސީންނާ ގުޅުންހުރި ނަން ދެވިފައި އެބަހުރި މަގުތަކަށް. މިއީ ފަސޭހަ އޮޕަރޭޝަނެއް ނޫން. ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން އެބަތިބި މިކަމުގެ އަޑީގައި. ސީރިއަސްކޮށް މަސައްކަތްތަކެއްކޮށްގެން ކާމިޔާބުވާނީ.” ފަސީހު

މި އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ ބިދޭސީންނާ ގުޅޭ ޤައުމީ އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ބަލައި ފާސްކުރާއިރު، ދެވަނަ ފިޔަވަހީގައި އާބާދީ ބޮޑު، އިޤުތިޞާދީ ހަރަކާތްތައް ގިނަ ރަށްރަށް ބަލައި ފާސްކުރެވޭނެކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި 3 ވަނަ ފިޔަވަހީގެ ތެރެއިން އާބާދީ ކުދި ރަށްރަށް ބަލައި ފާސްކުރެވޭނެކަން ދާއޫދު ފާހަގަކުރެއްވިއެވެ.

“ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަދި އެކި ކުށްކުށުގައި ޝާމިލުވާ ބިދޭސީން ހޯދައި އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މިފަށަނީ. އަޅުގަނޑުމެންގެ އަމާޒަކީ ކިތަންމެ ބޮޑު ތަޙުޤީޤެއްކޮށްގެން ނަމަވެސް މައްސަލަަތަކުގެ ހައްލު ހޯދައި ޤާނޫނީ އިމުގެ ތެރެއަށް ގެނައުން.” ދާއޫދު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޚާއްސަ މަސައްކަތުގެ ބޭނުމަކީ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

CP

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި