ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރު ސްކޫލްތަކަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި

Mm
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސަރުކާރު ސްކޫލްތަކަށް އަންނަ އަހަރު ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ އަންނަ އަހަރަށް ސަރުކާރުގެ ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުޞަތު އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ފޯމު ހުށައެޅުމަށް މިހާރު އޮންލައިންކޮށް ހުޅުވާލާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ. އެގޮތުން ފޯމު ހުށައެޅޭނީ www.moe.gov.mv މެދުވެރިކޮށްކަމަށްވެސް ވުޒާރާއިން ބުންޏެވެ.

މީގެ ކުރިން އާންމުކޮށް ސްކޫލަށް ކުދިން ވެއްދުމަށް ހުޅުވާލަނީ ބަންދު ދުވަސްވަރުއެވެ. ނަމަވެސް މިފަހަރު ދުރާލާ ފުރުޞަތު ހުޅުވާލުމުން ކުރިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ. 2024 ވަނަ އަހަރުން ފެށިގެން ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ކުރިން ދުރާލާ ނިންމަމުންދާތީ ބޮޑެތި ލުއިތަކެއް ލިބޭކަމަށް އެ ވުޒާރާއިން ބުންޏެވެ.

HajjCop_ads
Advertisement

ތަޢުލީމީ ވުޒާރާއިން ވަނީ  ޚާއްސަ ޙާލަތެއް ނެތި ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމަށް ވަކި މުއްދަތެއް ދިނުމަށްވެސް ނިންމާފައެވެ. ސްކޫލު ބަދަލު ކުރެވޭނެ މުއްދަތު އެ އަހަރެއްގެ އެކަޑަމިކް ކަލަންޑަރުގައިއެވެ.

މިއަހަރު ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP6Yx90aoAAK9Ri

ހުރިހާ މުދައްރިސުންވެސް އެއްވެސް ކުއްޖަކު ތަފާތުކުރުމެއް ނެތި އުނގަންނައިދިނުމަށް ތައްޔާރުވެފައި ތިބެންޖެހޭ: ވަޒީރު

HPgp9kha0AAuT2w

އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު އެއްކޮށް ހިފެހެއްޓުން ރަނގަޅެއް ނޫން: ޝަފީޢު

Sstv FORM FOR EC

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއަރ “ކިއު-ސްޓަޑީ ފެއަރ 2026” ބުރާސްފަތި ދުވަހު ފަށަނީ

430657 b6c51512 4

މޫސުމީ ބަދަލުތަކަށް ތަޢުލީމީ ނިޒާމު ހޭނުވުމަށް ރާއްޖެއަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް