ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާޖެންޓީނާއަށް ނުގޮސް މެސީ އެމެރިކާގައި

Big Fn04qOjhen80FLFzcPBtigO6Q
TTH_Ads
STO_Ads
Maldivian_Ads
Advertisement

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު އެނބުރި ޤައުމަށް ނުގޮސް ކެޕްޓަން ލިއޮނަލް މެސީ، އެމެރިކާގައި މަޑުކޮށްފިއެވެ.

މެސީ އެމެރިކާގައި މަޑުކޮށްފައިވާއިރު، އެހެން ބައެއް ކުޅުންތެރިންވެސް އެމެރިކާގައި މަޑުކޮށް، އަދި އެހެން ބައެއް މަންޒިލްތަކަށް ވަނީ ދިއުމަށް މިސްރާބު ޖަހާފައެވެ.

އެނބުރި ޤައުމަށް ދިޔަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. ޓީމާއެކު އެނބުރި ޤައުމަށް ދިޔަ ބައެއް ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އެމެލިއާނޯ މާޓިނޭޒާއި ކޯޗު ލަޔޮނަލް ސްކަލޯނީ ހިމެނެއެވެ.

HajjCop_ads
Advertisement

2022 ވަނަ އަހަރުގެ ޗެމްޕިއަނުންގެ ގޮތުގައި ތިބޭ، ދިފާޢުކުރަން ނިކުތް ފައިނަލް މެޗުގައި އާޖެންޓީނާ ސްޕެއިން ކައިރިން ބަލިވީ އިތުރުވަގުތުގައި ޖެހި ގޯލުން 0-1ގެ ނަތީޖާއަކުންނެވެ.

ޓީމާއެކު ގައުމަށް ނުދަނީ މެޗުގައި ރަތްކާޑު ދެއްކި އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓިނޭޒް އާއި ހޫލިއަން އަލްވަރޭޒް އާއި ޖަރޮނީމޯ ރުއްލީ އާއި ނޮކޯ ޕަޒް އަދި ކްރިސްޓިއަން ރޮމޭރޯ އާއި މޮލީނާ އަދި ހުއާން މޫސޯ އެވެ. އާޖެންޓީނާގެ މީޑިޔާތަކުން ބުނާ ގޮތުގައި މި ކުޅުންތެރިން އިހްތިޔާރު ކުރީ އެ މީހުންގެ ކުލަބާ ގުޅެން ނުވަތަ ޗުއްޓީ އަށް ކޮންމެވެސް ގައުމަކަށް ދިއުމަށެވެ.

މެސީ އެމެރިކާގައި މަޑުކުރީ އޭނާ ދިރިއުޅެނީ އެ ގައުމުގައި ކަމަށްވާތީއެވެ. އޭނާއާއެކު އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ ރޮޑްރީގޯ ޑިޕޯލް އާއި މެސީ ކުލަބާ ގުޅޭނީ ޗުއްޓީ ހޭދަކުރުމަށްފަހުއެވެ.

އާޖެންޓީނާގެ ސަރުކާރުން ވަނީ ޓީމަށް މަރުހަބާ ކިއުމަށް މާބޮޑު ރަސްމިއްޔާތެއް ނުބާއްވަން ނިންމައިފައެވެ. ނަމަވެސް ޓީމުން ނިންމާ ކޮންމެވެސް ދުވަހެއް އުފާފާޅުކުރުމުގެ ދެުވަހެއްގެ ގޮތުގައި ކަނޑައަޅައި ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

Images

އިންފަންޓީނޯގެ ޝުކުރާއި ތަޢުރީފް މެސީއަށް

Images

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

3624251

މަރަޑޯނާ އަތުން ގޯލުޖެހި ބޯޅަ 3.3 މިލިއަން ޑޮލަރަށް ވިއްކާލައިފި