ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަދާޢީ މެޗުގައި މެސީގެ ލަނޑަކާއެކު އާޖެންޓީނާ މޮޅުވެއްޖެ

Getty
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅުނު ފަހު މެޗުގައި އޭނާގެ ލަނޑާއެކު 3-0އިން އާޖެންޓީނާ މޮޅުވެއްޖެއެވެ.

ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައިގައި ކުޅުމު އެކުވެރިކަމުގެ މި މެޗު ބެލުމަށް 80 ހާހަށްވުރެ ގިނަ ސަޕޯޓަރުން ވަނެވެ.  މެޗަށް އާޖެންޓީނާ ނިކުމެފައިވަނީ މެޗަށް ހާއްސަކޮށް އެޑިޑާސްއިން ޑިޒައިން ކޮށްފައިވާ ހާއްސަ ޖާޒީއެއްގައެވެ. އަދި މި މެޗަށް އެޑިޑާސްއިން ވަނީ ހާއްސަ ބޯޅައެއްވެސް ތައްޔާރުކޮށްފައެވެ.

މެޗު ފަށައިގެން މެޗުގެ 10 ވަނަ މިނިޓުގައި ރެފްރީ ވަނީ މެސީއަށް ހާއްސަކޮށް މެޗުގެ ކުޅުން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. އަދި ދެ ޓީމުގެ ކުޅުންތެރިންވަނީ މެސީއާއި ސަލާމްކޮށްފައެވެ. އެވަގުތު އާޖެންޓީނާގެ ކޯޗު ލަޔޮނެލް ސްކެލޯނީގެ ލޮލުން ކަރުނަ އޮހޮރެމުންދިޔަ މަންޒަރު ޓީވީންވަނީ ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

HajjCop_ads
Advertisement

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މެސީ ނަގައިދިން ކޯނަރަކުން ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ޖަހާ އާޖެންޓީނާއަށް ކުރި ހޯދަދީފައެވެ. އާޖެންޓީނާއިން ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ސްކެލޯނީ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ލިސަންދްރޯ މާޓިނޭޒް އާއި ފަކުންޑޯ މެޑީނާގެ އިތުރުން ނިކޯ ޕަޒް އަދި ނިކޯ ގޮންޒާލޭޒްވަނީ ކުޅެން އަރުވާފައެވެ.

މި މެޗުގައި އާޖެންޓީނާއިން ޖެހި ދެވަނަ ލަނޑަކީ ނިކޯ ޕަޒް ކުޅެން އެރިތާ ދެވަނަ މިނިޓުގައި މެސީ ދިން ޕާހަކުން ޖަހާފައިވާ ލަނޑެކެވެ. މި މެޗުގައިޖެހި ތިންވަނަ ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލިއޮނެލް މެސީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު މެސީ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 126 އަށް އަރާފައެވެ.

21 އަހަރުގެ ދިގު މުއްދަތަކަށް ގައުމީ ޓީމަށް ކުޅުމަށްފަހު މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅުނު ހާއްސަ މެޗަށްފަހު މޮނިއުމެންޓަލް ސްޓޭޑިއަމްގައި ވަނީ އޭނާއަށް ހާއްސަކޮށްގެން ޑްރޯން ޝޯއެއްވެސް ބާއްވާފައެވެ.

ދުނިޔޭގެ މޮޅު އެއް ކުޅުންތެރިޔާ، މެސީ ވަނީ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕްގެ އިތުރުން ބެލޮންޑިއޯ އެވޯޑް 8 ފަހަރު ހޯދާފައެވެ. މި ކާމިޔާބީ ހޯދުނު އިތުރު ކުޅުންތެރިއަކު އަދިއެއް ނެތެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

މެސީއަކީ ބަދަލެއް ނުހޯދޭނެ ފަދަ މޮޅު ކުޅުންތެރިއެއް: ސްކަލޯނީ

Imago sport

މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކެރިއަރު ނިންމާލުން، އަސަރުގަދަ އަލްވަދާޢެއް!

BCNYTUBC6ZNDLOB2YYYC3LIIEA

އަނެއްކާވެސް މެސީ ސްޕެއިންގެ އިތުރު ކްލަބެއް ގަނެފި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި