ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެސީއަކީ ބަދަލެއް ނުހޯދޭނެ ފަދަ މޮޅު ކުޅުންތެރިއެއް: ސްކަލޯނީ

Getty
TTH_Ads
STO_Ads
Maldivian_Ads
Advertisement

ތާރީޚު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ވަކިވެދިއުމާ ގުޅިގެން، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އަސަރާއެކު ވާހަކަދައްކައިފިއެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅުނު އެންމެ ފަހު ބައިނަލްއަގުވާމީ މެޗަށްފަހު، ސްކަލޯނީ ވަނީ އޭނާއާ މެދު އޮތް އިހުތިރާމާއި ލޯބި ހާމަކޮށްފައެވެ. މެސީގެ ތަފާތު ކުޅަދާނަކަމާއި ހުނަރުގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމަކީ ކޯޗިން ސްޓާފުންނަށް ކުރިމަތިވާނެ ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ބެނިންއާ ބައްދަލުކޮށް 3-0 އިން އާޖެންޓީނާ މޮޅުވި މެޗަށްފަހު، މީޑިއާއާ ވާހަކަދައްކަމުން ސްކަލޯނީ ވަނީ ގައުމީ ޓީމުގެ އެންމެ ބޮޑު ޝަޚްސިއްޔަތަށް ކޯޗުކަން ކޮށްދިނުމުން ލިބުނު އުފާވެރިކަމާ މެދު އަސަރާއެކު ވާހަކަދައްކާފައެވެ. އެކުގައި ހޯދި ކާމިޔާބީތަކުގެ ހަނދާންތައް އާކުރަމުން، އެ ރޭގެ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. މެސީއާއެކު ސްކަލޯނީ ވަނީ އާޖެންޓީނާއަށް ހަތަރު ބޮޑު މުބާރާތެއް ކާމިޔާބުކޮށްދީފައެވެ. އަދި ރެއަކީ ކޯޗާއި ކެޕްޓަނުގެ ތާރީޚީ ގުޅުން ނިމުމަކަށް އައި ރެއެވެ.

Getty

HajjCop_ads
Advertisement

މެސީއަށް ކޯޗުކަން ކޮށްދިނުމުގެ ފުރުސަތު ލިބުނީތީ ސްކަލޯނީ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މިއީ ހަގީގަތަކަށްވި ހުވަފެނެއް. ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ކޯޗަކަށް ވުމުގެ ފުރުސަތު ލިބޭނެ ކަމަކަށް ދުވަހަކުވެސް ހީނުކުރަން. އޭނާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނީތީ އަބަދުވެސް ޝުކުރުވެރިވާނަން.

މެސީއާނުލައި ކުރިއަށް އޮތް ދުވަސްތަކާ މެދު ވާހަކަދައްކަމުން ސްކަލޯނީއަށް އޭނާގެ އަސަރުތައް ފޮރުވަން އުނދަގޫވިއެވެ.

ލޮލުން ކަރުނަ އަންނަނީ ވަރަށް ގިނަ ކަންތައްތަކެއް ހިތަށް އަރާތީ. މެސީ ދެން ދަނޑުމަތިން ނުފެންނާނެތީ ވަރަށް ދެރަވޭ.

Imago sport

ކުރިއަށްއޮތް ގޮންޖެހުންތަކާ މެދު ވާހަކަދައްކަމުން ސްކަލޯނީ ބުނީ، މެސީ ފަދަ މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ހުރި އެހެން ކުޅުންތެރިއަކު ނުހުންނާނެ ކަމަށެވެ.

އަހަރެމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ޒުވާން ކުޅުންތެރިންނާއެކު. އެ މަސައްކަތް ކުރިއަށްދާނެ، ނަމަވެސް އޭނާ ޓީމުގައި ހުރުމުން ލިބޭ އިތުބާރާ އެހެން އެއްވެސް ކަމެއް އަޅާނުކިޔޭނެ. އޭނާގެ ކިބައިގައި ހުރި ފަދަ ޖާދޫއެއް އަހަރެމެންގެ ހަޔާތުގައިވެސް އެހެން މީހެއްގެ ކިބަޔަކުން ނުދެކެން.

އޭނާ ބުނި ގޮތުގައި މެސީ ފަދަ އާދަޔާ ޚިލާފު ކުޅުންތެރިއަކު ނެތްތަން ފޫބައްދަން ޖެހޭނީ މުޅި ޓީމުގެ އެއްބައިވަންތަކަމުންނެވެ.

އޭނާގެ ހުނަރުން މެޗުތައް ކާމިޔާބުކޮށްދޭން ހުރި ކުޅުންތެރިޔާ މިހާރު ޓީމަކު ނެތް.

މިއީ އަސަރުގަދަ ވަކިވުމެއް ނަމަވެސް، ޓީމުގެ ބާރާ މެދު ސްކަލޯނީގެ އިތުބާރު އެބައޮތެވެ.

މެސީ ނެތްތަން ފޫބެއްދޭނެ ހަމައެކަނި ގޮތަކީ އެންމެންގެ ހިއްސާ އޮންނަ ވަރުގަދަ ޓީމެއް ބިނާކުރުން

ސްކަލޯނީ ނިންމާލަމުން ބުންޏެވެ.

އަހަރެމެންގެ އަތުގައި އެކުގައި މަސައްކަތްކޮށްގެން ކާމިޔާބީ ހޯދޭނެ ފަދަ ޓީމެއް އެބައޮތް. ދަނޑުމަތީގައި މެސީ ފަދަ އެހެން ކުޅުންތެރިއަކު ދުވަހަކުވެސް ނުފެންނާނެ. މެސީ ދޫކޮށްފައި އެދަނީ މުޅި ދުނިޔެ ހައިރާންކޮށްލި ފަދަ ތާރީޚެއް.

ސްކަލޯނީ ދެން އަމާޒު ހިފާނީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކަށް ޒުވާން ހުނަރުވެރި ކުޅުންތެރިން ޓީމާ ގުޅުވައި، ވަރުގަދަ ޓީމެއް ބިނާކުރުމަށެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Imago sport

މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކެރިއަރު ނިންމާލުން، އަސަރުގަދަ އަލްވަދާޢެއް!

Getty

ވަދާޢީ މެޗުގައި މެސީގެ ލަނޑަކާއެކު އާޖެންޓީނާ މޮޅުވެއްޖެ

BCNYTUBC6ZNDLOB2YYYC3LIIEA

އަނެއްކާވެސް މެސީ ސްޕެއިންގެ އިތުރު ކްލަބެއް ގަނެފި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި