އާޖެންޓީނާގެ ޤައުމީ ޓިމަށް ކުޅުން ހުއްޓާލުމަށް ކުޅޭ އެންމެ ފަހު މެޗުގައި، އެޓީމުގެ ކެޕްޓަން ލަޔޮނަލް މެސީ ލާނެ ޚާއްޞަ ޖާރޒީ ދައްކާލައިފިއެވެ.
މިހާރު ޢުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓަލުމަށް ކުޅޭ އެންމެ ފަހު މެޗު އޮންނާނީ އޮކްޓުބަރު މަހުގެ 6 ވަނަ ދުވަހު އާޖެންޓީނާގެ ބޮއެނަސް އައިރިސްގައި ބެނިންއާ ދެކޮޅަށެވެ. މި މެޗުގައި އާޖެންޓީނާ ލާނީ ހުދާއި މަޑު ނޫލައިގެ ފަލަ ފަށްތަކެއް ދަމާފައިވާ ޖާޒީއެކެވެ. ނަންބަރު ޖަހާފައި ހުންނަނީ ރަން ކުލައިންނެވެ. އާޖެންޓީނާގެ އެންމެ ފުރަތަމަ ޖާޒީ ތައްޔާރު ކުރީ މެސީގެ ޝަރަފުގައެވެ.
ވޯލްޑު ކަޕަށްފަހު މެސީ ވަނީ ޤައުމީ ޓީމަށް ކުޅުންހުއްޓާލާނެކަން އިއުލާންކޮށްފައެވެ. އެކަން އިއުލާންކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ވަނީ އެންމެ ފަހުގެ ވޯލްޑު ކަޕް ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅެފައެވެ. އެމެޗުން އާޖެންޓީނާ ވަނީ ބަލިވެފައެވެ.

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާމިލަނީ 21 އަހަރު ވަންދެން ކުޅުމަށްފަހުއެވެ. އޭނާ ވަނީ މިހާތަނަށް 125 ގޯލު ޖަހާފައެވެ. އެއީ އާޖެންޓީނާގެ ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސްމެއެވެ. އޭނާ ވަނީ ތިން ފަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅޭ 2022ގެ ތަށި ހޯދައިދީފަ އެވެ. އަދި ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހާސިލް ކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު