ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކެރިއަރު ނިންމާލުން، އަސަރުގަދަ އަލްވަދާޢެއް!

Imago sport
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، ޤައުމީ ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލައި، އޭނާގެ ފުރިހަމަ ބައިނަލްއަޤްވާމީ ކެރިއަރުގެ ނިމުން އިއުލާނުކޮށްފިއެވެ.

ދެ އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޤައުމީ ޖާޒީގައި ވިދާލުމަށްފަހު، އުމުރުން 39 އަހަރުގެ މެސީ އޭނާގެ ފަހު މެޗު ކުޅެފައިވަނީ އަންގާރަ ދުވަހުގެ ރޭ މޮނިއުމެންޓަލް ސްޓޭޑިއަމްގައެވެ. ބެނިންއާ ދެކޮޅަށް ކުޅުނު މި މެޗު އާޖެންޓީނާއިން 0-3 އިން ކާމިޔާބުކުރިއިރު، މެޗުގެ ފަހު ލަނޑު ޖަހައިދިނީ ވެސް މެސީއެވެ. މިއީ އަމިއްލަ ޤައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އޭނާ ކުޅުނު އެންމެ ފަހު މެޗެވެ. އޭނާ ބައިނަލްއަޤްވާމީ ކެރިއަރު ނިންމާލީ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ (207 މެޗު) އަދި އެންމެ ގިނަ ލަނޑު ޖަހައިދިން (125 ލަނޑު) ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ.

 

HajjCop_ads
Advertisement

ކަރުނުން ފުރިގެންވި އަސަރުގަދަ އަލްވަދާޢެއް

މެޗު ނިމުމުގެ ކަށިގަނޑާއެކު، މެސީގެ ލޮލުން ކަރުނަ އޮހޮރިގެންދިޔައެވެ. ސްޓޭޑިއަމް ފުރާލާފައިވާ އެތައް ހާސް ސަޕޯޓަރުންނާ މުޚާޠަބުކޮށް ވާހަކަދައްކަމުން މެސީ ބުނީ، މިފަދަ ވަގުތެއްގައި އެއްޗެއް ބުނުމަކީ ނުހަނު އުނދަގޫ ކަމެއް ކަމަށާއި، މިވަގުތު އެންމެ ބޮޑަށް ހަނދާންވަނީ އޭނާގެ ބައްޕަ މަތިން ކަމަށެވެ.

އަހަންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ ޝުކުރު އަދާކުރުން. އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް، އަހަރެން ހިތްވަރު އެލުވައެއް ނުލަން، އަބަދުވެސް މަސައްކަތްކުރިން، އަދި އަހަރެންގެ ހުރިހާ އެއްޗެއް ޤައުމަށް ދިނިން.

އޭނާގެ މުޅި ހަޔާތުގައި ޤައުމު ތަމްސީލުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން މެސީ އިތުރަށް ބުނީ، އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު ކަމަށާއި، އެއީ އޭނާގެ ހަޔާތުގައި ވެސް ދިމާވި އެންމެ އުފާވެރި ތަޖުރިބާ ކަމަށެވެ.

Getty

ކާމިޔާބީއާއި ގަދައަޅައި ކުރި މަސައްކަތުގެ ހަނދާންތައް

2022 ވަނަ އަހަރު ޤަޠަރުގައި ހޯދި ވޯލްޑް ކަޕް ކާމިޔާބީއަށްފަހު، ސަޕޯޓަރުންނާއެކު އޮތް ގުޅުން އިތުރަށް ބަދަހިވިކަން ފާހަގަކުރަމުން މެސީ ބުނީ، ވޯލްޑް ކަޕަށްފަހު އެނބުރި އައިސް އަމިއްލަ ފަސްގަނޑުގައި ކުޅުނު ދުވަސްތަކަކީ އޭނާގެ ކެރިއަރުގެ އެންމެ ރީތި ހަނދާންތައް ކަމަށެވެ. އަދި އޭނާއާއެކު ކުޅުނު ހުރިހާ ކުޅުންތެރިން ވެސް ޤައުމީ ޖާޒީއަށްޓަކައި ފުރިހަމަ ޤުރުބާނީއެއް ވެފައިވާކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން، އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ސައިކަލްގައި ދިމާވި ޖިސްމާނީ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން މެސީ ވަނީ، ޚާއްޞަކޮށް އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ އިންތިހާއަށް އުނދަގޫ އަދި ބުރަ މެޗެއްކަން ފާހަގަކޮށް، ޓީމުގެ މަސައްކަތް ދިފާޢުކޮށްފައެވެ.

Imago sport

އެއްބައިވަންތަކަމާއެކު ކުރިއަށްދިއުމަށް ގޮވާލުން

ކުޅުންތެރިއެއްގެ ދައުރު ނިންމާލައި، ސަޕޯޓަރެއްގެ ދައުރަށް ބަދަލުވަމުން މެސީ ވަނީ ކުރިއަށް އޮތް ބަދަލުވުމުގެ މަރުޙަލާގައި ޤައުމީ ޓީމުގެ ދިފާޢުގައި ސާބިތުވެ ތިބުމަށް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ.

މިއީ އަޅުގަނޑު ގައުމީ ޓީމަށް އަލްވަދާއު ކިޔާ ވަގުތު. ތިޔަ ހުރިހާ ފަރާތްތަކެއްގެ މަތިން ވަރަށް ހަނދާންވާނެ، އެކަމަކު މިހާރު މިއީ ސަޕޯޓަރެއްގެ ގޮތުގައި ހުންނަންވީ ވަގުތު.

 

އަބަދުވެސް އެއްބައިވަންތަކަން އިސްކުރައްވާ. ބޮޑެތި ބަދަލުތަކާ އެކު އަބަދުވެސް އަންނަ ފަދަ ދަތި ދުވަސްތަކެއް ކުރިމަތިވެދާނެ. ނަމަވެސް، ގައުމީ ޓީމާ ބެހޭގޮތުން ނޭދެވޭ ވާހަކަތައް ދައްކާނެ ބަޔަކު ތިބޭނެތީ، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން ޓީމު ދިފާއުކުރަންވާނެ.

އަސަރާއެކު ވާހަކަ ދައްކަމުން ނިންމާލަމުން މެސީ ބުންޏެވެ.

މީގެ ފަހުން އާޖެންޓީނާގެ މެޗުތަކުގައި ފެނިގެންދާނީ އެ ގައުމުގެ ކާމިޔާބު ކެޕްޓަނާ ނުލައެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ވަދާޢީ މެޗުގައި މެސީގެ ލަނޑަކާއެކު އާޖެންޓީނާ މޮޅުވެއްޖެ

BCNYTUBC6ZNDLOB2YYYC3LIIEA

އަނެއްކާވެސް މެސީ ސްޕެއިންގެ އިތުރު ކްލަބެއް ގަނެފި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

J4ZZO2IFCZKUJME3Y5WO7LCNWM

މެސީ ޤައުމީ ޓީމަށް ނަގައިފި، މިއީ ވަދާޢީ މެޗު