ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަޝްރޫއުތައް ހުއްޓައިލުމަށް ނަޝީދު ގޮވާލައްވައިފި

Io
TTH_Ads
STO_Ads
Advertisement

ޑޮލަރުގެ އަގު ތިރި ނުވަނީސް އުމްރާނީ ހުރިހާ މަޝްރޫއެއް މެދުކަނޑައިލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު ފިޔަވައި އިތުރު ޚަރަދުތައް ކުރުން މިވަގުތަށް ރަނގަޅު ނޫން ކަމަށެވެ. އަދި ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތައް ރަށު ކައުންސިލްތަކާ ހަވާލުކުރުން ބުއްދިވެރިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ ކައުންސިލްތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގުތައް ދައްކައިގެން އެ މަޝްރޫއުތައް ނިންމޭނެ ކަމަށެވެ. ކްރޮސް ސަބްސިޑީގެ އުސޫލުން މަޝްރޫއުތައް ހިންގުމަކީ ފައިދާ ލިބޭ ޚިދުމަތަކުން ނުވަތަ ކަމަކުން ގެއްލުން ލިބޭ ކަމަކަށް ޚަރަދުކޮށްގެން ކުދި އަގުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަމީރު ވިދާޅުވީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ އެއްވެސް ގައުމަކުން ޑޮލަރެއް މި ސަރުކާރަށް ހޯދިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ޚަރަދުކުރީ ސަރުކާރުގެ އިސްރާފުތަކާއި ބޭނުންނުވާ މަޝްރޫއުތައް ހިންގަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

HajjCop_ads
Advertisement

އަމީރުގެ މި ތުހުމަތުތަކަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ، ރާއްޖެ މިއަދު އޮތް އިގުތިޞާދީ ފުން ވަޅުގަނޑަށް ވައްޓައިލުމުގެ އަސްލު މޭސްތިރިޔަކީ އަމީރު ކަމަށް ވިދާޅުވެފައެވެ. އަދި އިގުތިޞާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތް ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަޢީދު ވަނީ ވިދާޅުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ކުރީގެ ރައީސުންގެ ސެކިއުރިޓީ އުސޫލަށް ގެނައި ބަދަލާމެދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

43

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނުކަން ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

Io

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ގެންނަންޖެހޭ: ކުޅުދުއްފުށީގެ ޑެޕިޔުޓީ މޭޔަރު