ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެއިންޓަނަންސް މަސައްކަތެއް ކުރާތީ، އާރްޓީއެލްގެ ކުރީގެ ދަތުރުތަކުގެ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބިދާނެ: އެމްޓީސީސީން

Io
STO_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ސަރވަރ މެއިންޓަނަންސް މަސައްކަތަކާ ގުޅިގެން، އާރްޓީއެލްގެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކަށް ކުރިން ކޮށްފައިވާ ދަތުރުތަކުގެ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބަޔާންކޮށްފައިވާ ގޮތުގައި މިފަދަ ކަމެއް މެދުވެރިވާން ދިމާވީ އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަންއަށް ބޭނުންކުރާ ބީއެމްއެލްގެ ނިޒާމުތައް ބެލެހެއްޓުމަށް ކުރިއަށްގެންދިޔަ ފަންނީ މަސައްކަތްތަކެއްގެ ސަބަބުންނެވެ. މި މަސައްކަތުގެ ތެރެއިން، އާންމު ދަތުރުފަތުރުގެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކުން ކުރިން ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ މެސެޖުތައް ކަސްޓަމަރުންނަށް އަލުން ފޮނުވިދާނެ ކަމަށް ބޭންކުން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

މިކަމާ ގުޅިގެން އާންމުން ސަމާލުވުމަށް އިލްތިމާސްކުރަމުން، މި މެއިންޓަނަންސް މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅޭގޮތުން ނުވަތަ ދަތުރުފަތުރުގެ ޚިދުމަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް ވެސް އެމްޓީސީސީން ވަނީ އެދިފައެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ގުރައިދޫ އެއާޕޯޓް ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

އޮމަދޫ ބަނދަރުގައި ބޮޑުހިލާ ޖެހުމާއި، އެއްގަމު ތޮށީގެ މަސައްކަތް ކުރިއަށް

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި