ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި

Io
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަގުހެޔޮ 1000 ހައުސިން ޔުނިޓު އެޅުމަށް ސައްތައިންސައްތަ ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ އިތުރުން ދެ ޖޭވީ ޕާޓްނާޝިޕަކަށެވެ. މީގެ ތެރޭގައި ވަން ރިއަލިޓީއާއި މެޑްޓެކް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕަކާއި، ފްލެކްސިން، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ޑިވެލޮޕަރަކަށް ވެސް ހުޅުމާލޭ ތިންވަނަ ފިޔަވަހިން އެއް ޕްލޮޓް ހަވާލުކޮށްފައިވާއިރު، އިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 30 މަސް ދުވަހުގެ މުއްދަތެކެވެ. މިއީ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން، ބޭންކުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ފަސޭހަ ނިޒާމެއްގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ދެ ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފުލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

މި ފުލެޓުތައް ގަނެވޭނީ ސަރުކާރުން އިއުލާނުކޮށްފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. މީގެ ބޭނުމަކީ ހައްގުވެރި ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ބޯހިޔާވެހިކަން އެންމެނަށް ސިޔާސަތުގެ ދަށުން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. މި ސިޔާސަތުގެ ދަށުން މިދިޔަ ޖަނަވަރީ މަހު ވަނީ 7900 ފުލެޓަށާއި 15000 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އަދި މީގެ ތެރެއިން 3000 ފުލެޓު އެޅުމަށް، ބީއެމްއެލްއިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑާ މީގެ ކުރިން ވަނީ ހަވާލުކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ބޯހިޔާވަހިކަމުގެ ފޯމުތަކުގައި މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފި

Passport

ހިޔާވެހި ސްކީމުން އިތުރު 629 މީހަކަށް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ލޯނު ދޫކުރަނީ

Fahi flats

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ

Qw

ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ އެއްގަމު ތޮށްޓަށް އާންމު އުޅަނދުތައް ކައިރިކުރުން މަނާކޮށްފި