ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފި

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށްޓަކައި “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ކުންފުނީގެ ޤާނޫނުގެ ފަނަރަ ވަނަ މާއްދާގެ ދަށުންނެވެ. އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވިކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި ރިޔާސީ ޤަރާރު ނަންބަރު ބާރަ އޮބްލިކް ދެހާސްސައްބީސް އިންނެވެ. މިއީ ސީދާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.

މި އައު ކުންފުނި އުފެއްދެވުމުގެ އެންމެ މުހިންމު ބޭނުމަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް އައްޑުއަތޮޅު ހަންކެޑެ ތަރައްޤީކުރުމެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް ވަރަށް ބޮޑަށް ފުޅާވެ، އެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުޞަތު އަތޮޅުގެ ރައްޔިތުންނަށް އިތުރުވެގެންދާނެއެވެ. އަދި އައްޑޫ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަކީވެސް ކުންފުނީގެ މުހިންމު އަމާޒެކެވެ.

HajjCop_ads
Advertisement

ހަންކެޑެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު މި ކުންފުނިން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ފައިދާއަކީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވުމެވެ. މީގެ ސަބަބުން އަތޮޅުގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، ވަޒީފާގެ އައު ފުރުޞަތުތައް ތަނަވަސްވެގެންދާނެކަމަށް ބެލެވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް