ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހަތުން އަރައި އިންގްލޭންޑު ބަލިކޮށް އާޖެންޓީނާ ފައިނަލަށް

2278
TTH_Ads
STO_Ads
Advertisement

ވޯލްޑް ކަޕް ސެމީ ފައިނަލުގައި އިންގްލޭންޑުގެ މައްޗަށް 2-1 އިން ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ވިދިވިދިގެން ދެވަނަ ފައިނަލަށް ދަތުރުކުރީ އިންގްލެންޑުން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ލަނޑުން މޮޅުވެގެންނެވެ. މެޗުގައި އިންގްލެންޑުން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައި، އެންތަނީ ގޯޑަންގެ ލަނޑުންނެވެ. މޯގަން ރޮޖާސް ނަގައިދިން ހުރަސް ގޯޑަން ގޯލަށް ފޮނުވާލީ އެއްފަހަރުން ޖަހައެވެ. އެލީޑްގައި މެޗުގެ 85 ވަނަ މިނިޓާ ހަމައަށް އިންގްލެންޑް ދެމިއޮތެވެ. އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް، އެންޒޯ ފެނާންޑޭޒްގެ ލަނޑުންނެވެ. އިންގްލެންޑްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދާ، ފައިނަލަށް ދަތުރުކުރީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ. އާޖެންޓީނާގެ ދެ ލަނޑު ޖަަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ކެޕްޓަން މެސީއެވެ.

މިއާއެކު 60 އަހަރުގެ ތެރޭގައި މުބާރާތުގެ ފައިނަލަށް ދަތުރުކުރަން އިންގްލެންޑަށް ލިބުނު ފުރުޞަތު ގެއްލި، އާޖެންޓީނާއިން ތަށި ދިފާއުކުރުމުގެ ފުރުޞަތު ހޯދީއެވެ.

HajjCop_ads
Advertisement

ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާއެވެ.

 

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން

AFP20260809C49M978v1MidResFblArgentinaDeath

ބައްޕަގެ ޖަނާޒާއަށް މެސީ އާޖެންޓީނާއަށް، ކްލަބްތަކާއި އެފްއޭގެ ދިދަ ބައިދަނޑިއަށް

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!