މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕަކީ އެންމެ ފަހު ވޯލްޑްކަޕް ތޯ ނިންމަން އަދި މާ އަވަސް ކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

ރޭ ސެމީ ފައިނަލްގައި އިންގްލޭންޑުން އެއް ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި އާޖެންޓީނާ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އިންގްލެންޑް ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން އުމުރުން 32 އަހަރުގެ ހެރީ ކޭން ބުނެފައިވަނީ އިތުރު ވޯލްޑްކަޕެއް ދެން ކުޅޭނެ ތޯ ނިންމަން އަދި އަވަސް ކަމަށެވެ.

މި ވަގުތު ވިސްނަނީ އަންނަ އަހަރަށް އެހެންކަމުން 2030 ވަނަ އަހަރުގެ މުބާރާތަކާއި ގުޅޭ ގޮތުން އަދި އެއްޗެއް ބުނަން އަވަސް.

އިންގްލޭންޑުގެ ކެޕްޓަން ހެރީ ކޭން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ދެން ވޯލްޑު ކަޕް އޮންނަނީ 2023 ގައެވެ. އެ އަހަރު ސްޕެއިންގެ އިތުރުން މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވާ ވޯލްޑްކަޕް ކުޅޭއިރު ހެރީ ކޭން އަށް އުމުރުން 36 އަހަރު ވާނެއެވެ.

ކޭން ބުނީ ޤައުމީ ޓީމަ ކުޅުމަކީ އޭނާ ފަޚްރުވެރިވާކަމެއްކަމަށާއި އެ ފުރުސަތުގެ ބޭނުން އަބަދުވެސް ހިފާނެކަމަށެވެ.