ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންގްލޭންޑަށް އެއްވަނަ ލިބުނުއިރު ކްރޮއޭޝިއާއާއި ގާނާވެސް ދެވަނަބުރަށް

Images (4)
STO_Ads
TTH_Ads
Advertisement

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ގްރޫޕް އެލްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް އަދި ދެވަނަ ޓީމެއްގެ ގޮތުގައި ކްރޮއޯޝިއާއިން ދެވަނަ ބުރުގެ ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު ދެ މެޗު ކާމިޔާބުކޮށް އިންގްލެންޑާއި ކްރޮއޭޝިޔާ އެއްވަނަ ޓީމާއި ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަގީން ކުރި ނަމަވެސް ޤާނާވެސް ވަނީ 4 ޕޮއިންޓާއެކު ގަދަ 32 ޓީމް ވާދަކުރާ ބުރަށް ދަތުރުކޮށްފައެވެ.

އިންގްލޭންޑައި ޕެނަމާ ވާދަކުރި މެޗު ނިމުނީ 2-0 އިން އިންގްލޭންޑުން ކުރި ހޯދައިގެންނެވެ. މެޗުގައި އިންގްލެންޑްގެ ދެ ލަނޑު ދެވަނަ ހާފްގައި ފަސް މިނިޓްގެ ތެރޭގައި ޖެހީ ބެލިންގހަމް އާއި ހެރީ ކޭންއެވެ. 62 ވަނަ މިނިޓްގައި ބެލިންގހަމް ލީޑް ނަގައިދިނީ މިމުބާރާތުގައި ފުރަތަމަ އެގާރައިން ފުރަތަމަ ފަހަރަށް ފުރުޞަތު ދިން ބުކަޔޯ ސަކާ ނަގައިދިން ކޯނަރަކުންނެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ކޭން ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ބެލިންގހަމް އެވެ.

ގްރޫޕުން ދެވަނަ ކްރޮއޭޝިޔާ ޔަގީން ކުރީ 2-1 އިން ގާނާ ބަލިކޮށްގެންނެވެ.

HajjCop_ads
Advertisement

ފުރަތަމަ ހާފްގައި ކްރޮއޭޝިޔާއަށް ލީޑް ނަގައިދިނީ ޕީޓަރ ސުސިޗް އެވެ. ދެވަނަ ހާފްގައި ޑެރިކް ލުކަސަން ލަނޑު ޖަހާ ޤާނާއަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، ކްރޮއޭޝިޔާއިން ދެވަނަ ޔަގީންކުރި ލަނޑު ޖެހީ 83 ވަނަ މިނިޓްގައި ނިކޯލާ ވްލަސިޗް އެވެ. ގާނާގެ ލަނޑު ބަލައިގަތީ ވީއޭއާރުން ބެލުމަށްފަހުއެވެ.

އިންގްލެންޑް ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން 7 ޕޮއިންޓާއެކުއެވެ. ކްރޮއޭޝިޔާ 6 ޕޮއިންޓް ހޯދިއެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމްތަކުގެ ތެރޭގައި ގާނާ ހިމެނުނީ 4 ޕޮއިންޓާއެކުއެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު