ކޮންގޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ދެލަނޑުޖަހައި އިންގްލޭންޑް ގަދަ 16އަށް ދަތުރުކޮށްފިއެވެ.

ކޮންގޯއާއި އިންގްލޭންޑް ބައްދަލުކުރި މެޗު އިންގްލޭންޑު ކާމިޔާބުކުރީ 2-1އިންނެވެ. މެޗުގެ ހަތްވަނަ މިނިޓުގައި ކޮންގޯއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބްރަޔަން ސިޕެންގާއެވެ. މިއާއެކު އިންގްލެންޑް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ 75 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މެޗުގައި ކެޕްޓަން ހެރީ ކޭން ޖެހި ދެ ލަނޑާއެކު އޭނާ މި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.