ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްވިޒަރލެންޑް ބަލިކޮށް، އާޖެންޓީނާ ސެމީފައިނަލަށް

STO_Ads
Maldivian_Ads
TTH_Ads
Advertisement

އިތުރު ވަގުތުގެ ދެވަނަ ހާފްގެ ލަނޑުތަކުން ސްވިޒަރލެންޑް ބަލިކޮށް، ޗެމްޕިއަން އާޖެންޓީނާ ފީފާ ވަރލްޑްކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުނީ 15 މިނިޓްގެ ދެހާފް ކުޅެގެންނެވެ. އާޖެންޓީނާއިން ނަތީޖާ އަނބުރާލީ 112 ވަނަ މިނިޓާއި 120 މިނިޓް ހަމަވެ އިތުރަށް ދެއްކި 4 މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގެ ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އާޖެންޓީނާ އިންނެވެ. އެއީ ކެޕްޓަން މެސީ ނަގައިދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެން މެކް އަލިސްޓާ ކާމިޔާބުކުރި ގޯލުންނެވެ. ސްވިޒަރލެންޑުން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގައި، 67 ވަނަ މިނިޓްގައި އެންޑޯޔޭ ކާމިޔާބުކުރި ލަނޑުންނެވެ. އަރިމަތިން ބޯޅަ ހިފައިގެން އަރާ އޭރިޔާ ބޭރުގައި ހުރި ރިކާޑޯ ރޮޑްރިގޭޒްއަށް ޖައްސާލުމަށްފަހު، ޑޭން އެންޑޯއީ އޭރިޔާ ތެރެއަށް ވަނުމުން އޭނާއަށް ޖައްސާލި ބޯޅަ ފޮނުވާލީ ތިރިތިރިން ގޯލްގެ ތެރެއަށެވެ. މެޗުގައި ޒަކާ އާއި އެމްބޯލޯގެ ރަނގަޅު ދެ ބޯޅައެއް އާޖެންޓީނާ ކީޕަރު މާޓިނޭޒް މަތަކުރިއެވެ.

ނަތީޖާ ހަމަހަމަކުރިތާ 3 މިނިޓްގެ ތެރޭގައި ސްވިޒަރލެންޑަށް ދިމާވި މައްސަލައަކީ ކުޅުންތެރިއަކު މަދުވުމެވެ. އެއީ މިސްޓޭކެއް ކަށަވަރުކުރަން ވީއޭއާރުން ބެލުމަށްފަހު އެމްބޯލޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކުމުންނެވެ. ދެވަނަ ކާޑް ދެއްކީ ފައުލެއްކަން ދައްކާ ޖެހުން ހޯދަން ޑައިވް ކުރުމުންނެވެ. އޭގެކުރިން އޭނާ ކުރި ފައުލަކަށް އޮތީ ރީނދޫ ކާޑް ދައްކާފައެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތުން ބާކީ އޮތް 20 މިނިޓާއި، އިތުރު ވަގުތުގެ 9 މިނިޓްގެ އިތުރުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ތެރެއިން ފުރަތަމަ ހާފާއި، ދެވަނަ ހާފުން 7 މިނިޓް ކޮޅަށް ގޯލެއް ވަނަނުދީ ސްވިޒަރލެންޑުން ހިފެހެއްޓިއެވެ.

HajjCop_ads
Advertisement

112 ވަނަ މިނިޓްގައި އާޖެންޓީނާއަށް މުހިއްމު ގޯލް ޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ހުއްޓުވަން ކީޕަރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އަލްވަރޭޒް ޖެހި މޮޅު ގޯލު ވަނީ މަތީ ކަނަށެވެ. މިއީ މިމުބާރާތުގައި އޭނާގެ ފުރަތަމަ ގޯލެވެ. އެކަމަކު ވަރލްޑްކަޕްގައި 5 ވަނަ ގޯލެވެ. އޭގެފަހުން 120 މިނިޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާޖެންޓީނާއަށް ތިންވަނަ ލަނޑެއް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

މިމޮޅާއެކު ސެމީފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ އިންގްލެންޑާއެވެ. ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ސްޕެއިން އާއި ފްރާންސެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

Images

އިންފަންޓީނޯގެ ޝުކުރާއި ތަޢުރީފް މެސީއަށް

Images

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

3624251

މަރަޑޯނާ އަތުން ގޯލުޖެހި ބޯޅަ 3.3 މިލިއަން ޑޮލަރަށް ވިއްކާލައިފި