ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާރޓާއަށް

Reuters 6a4d40f3
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފަހަތުން އަރައި 3-2 އިން މިސްރު ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ 79 ވަނަ މިނިޓާ ހަމައަށްވެސް މިޞްރު އޮތީ 2-0 ން ކުރީގައެވެ. އެކަމަކު 79 ވަނަ މިނިޓްގައި ޑިފެންޑަރ ކްރިސްޓިއަން ރޮމެރޯ ބޮލުން ގޯލަށް ފޮނުވާލި ބޯޅައިން ފަރަގު ކުޑަކުރިތާ ތިން މިނިޓްގެ ތެރޭގައި ކެޕްޓަން މެސީ އޭރިޔާ ތެރެއިން އެއްފަހަރުން ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލި ބޯޅައިން ނަތީޖާ ހަމަހަމަ ކުރިއެވެ.

އާޖެންޓީނާ ކުއާޓަރ ފައިނަލަށް ގެންގޮސްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ޖެހީ އެންޒޯ ފެނާންޑޭޒް އެވެ. އެލަނޑުގެ ކުރިން މިޞްރުގެ ސަލާހުއަށް އާޖެންޓީނާ ހާފްތެރެއިން ފައުލުކޮށްފައިވާ ކަމަށްބުނެ. ވީއޭއާރުން ބަލަން މިސްރުން ވަރަށްބޮޑަށް ޑިމާންޑް ކުރިއެވެ.

HajjCop_ads
Advertisement

އެހަމަނުޖެހުންތަކުގެ ތެރެއިން މިސްރު ކޯޗަށް ރީނދޫ ކާޑް އަދި އޮފިޝަލަކަށް ރަތްކާޑްވެސް ދެއްކިއެވެ. އެކަމަކު ރެފްރީ ވީއޭއާރުން ނުބަލައެވެ. މެޗުގައި މިސްރުން ޖެހި ގޯލެއް ވީއޭއާރުން ބަލާ ފަައުލް ކަމަށް ނިންމިއެވެ. އެޓޭކް އުފެއްދީ ފައުލުކޮށްފައިކަމަށް ބަލާ ގޯލް ކެންސަލްކުރީ މިސްރު ކުޅުންތެރިން ވަރަށްބޮޑަށް އުފާފާޅުކުރި ފަހުންނެވެ. ވީއޭއާރުން ކެންސަލް ކުރި ގޯލުގެ ކުރިން މިސްރުން ލީޑް ނެގީ 16 ވަނަ މިނިޓްގައި ޔާސިރު އިބްރާހީމް ޖެހި ގޯލުންނެވެ. އޭގެފަހުން އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން މިސްރު ކީޕަރު މަތަކުރިއެވެ. މިއީ މިމުބާރާތުގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ.

މިސްރުން ދެ ލަނޑުގެ ލީޑެއް ނެގީ 68 ވަނަ މިނިޓްގައެވެ. މިސްރު ޕެނަލްޓީ އޭރިޔާއާ ހިސާބުން ކެޕްޓަން ސަލާހު ބޯޅަ ހިފައިގެން އަރާ އާޖެންޓީނާ އޭރިޔާ ތެރެއިން ޖައްސާލީ ހަސަން އަށެވެ. އޭނާ މުސްތަފާ ޒިކޯއަށް ޖައްސާލުމުން އެއްފަހަރުން ގޯލުގެ މެދަށް ފޮނުވާލިއެވެ.

މިސްރުން ދެ ލަނޑުގެ ލީޑެއް ނެގުމުން ޗެމްޕިއަން އާޖެންޓީނާ ކަޓާނެ ކަމަށް ބެލެވުނަސް މެސީ ވަނީ މުބާރާތުގައި އޭނާގެ 8 ވަނަ ލަނޑުން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ލަނޑު ލިސްޓްގެ ކުރީގައި ހުރީވެސް މެސީއެވެ. މެޗުގައި އަލްވަރޭޒް ފޮނުވާލި ބާރު ބޯޅައެއް މިސްރު ކީޕަރު މަތަކުރިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

AFP20260809C49M978v1MidResFblArgentinaDeath

ބައްޕަގެ ޖަނާޒާއަށް މެސީ އާޖެންޓީނާއަށް، ކްލަބްތަކާއި އެފްއޭގެ ދިދަ ބައިދަނޑިއަށް

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!