ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

6a892d02a3106bc5df926f9e (1)
Maldivian_Ads
TTH_Ads
STO_Ads
Advertisement

ނިމިދިޔަ ވޯލްޑް ކަޕްގެ ފަިނަލް މެޗަށްފަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިން ފިޔަވަޅު އަޅައިފިއެވެ. ފީފާއިން މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާފައިވަނީ އާޖެންޓީނާގެ ކުޅުންތެރިންނާއި ސްޕޭނުގެ ގަވީއަށެވެ.

ފީފާއިން އެންމެ ބޮޑު ސަސްޕެންޑަށް ދީފައިވަނީ އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންދްރޯ ޕަރެޑޭސް އަށެވެ. އޭނާ ސަސްޕެންޑް ކުރީ 10 މެޗަށެވެ. އަދި 90000 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ. ދެން އެންމެ ބޮޑު ސަސްޕެންޝަނެއް ކުރިމަތިވީ އާޖެންޓީނާގެ މޮލީނާއަށެވެ. އޭނާ ސަސްޕެންޑް ކުރީ ހަތް މެޗަށެވެ. އަދި 90000 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ސްޕޭން އަތުން 1-0އިން ބަލިވި މެޗަށް ފަހު ޕަރެޑޭސް ވަނީ ސްޕޭނުގެ އެރިކް ގާސިއާގެ ކަރުގައި ހިފައި އެ ގައުމުގެ ގަވީ ބިމާ ހަމަކޮށްފައެވެ. ނަމަވެސް ގަވީ ފަހުން ބުނީ ޕެރަޑޭޝް އޭނާ އޭގެ ގައިގައި އަތްލައި ކޮށްޕާލިހެން ހީނުވާ ކަމަށެވެ. އެކަމަކު ފީފާއިން ވަނީ މައްސަލަ ބެލުމަށްފަހު ގަވީވެސް އެއް މެޗަށް ސަސްޕެންޑްކޮށް 30000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

HajjCop_ads
Advertisement

ފީފާއިން ވަނީ އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ ވެސް ތިން މެޗަށް ސަސްޕެންޑްކޮށް 30000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ކުރޫގެ ވަރުގަދަ ޑިފެންޑަރުގެ ކުށަކީ ސްޕޭނުގެ އޮލްމޯއާ ދިމާކޮށް ހަމަނުޖެހުން ހިންގުމެވެ. ތަށި ދިފާއު ކުރަން ނުކުތް އާޖެންޓީނާއިން މެޗަށް ފަހު ހިންގި ހަމަނުޖެހުންތަކާއެކު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަން ވެސް ވަނީ 321000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. މީގެ ތެރެއިން އެއް ލައްކަ ޑޮލަރު އިންވެސްޓް ކުރަން ޖެހެނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށެވެ. މީގެ އިތުރުން އާޖެންޓީނާއިން އެންމެ އަވަހަށް ކުޅެން ޖެހޭ ދެ މެޗަށް ވެއްދޭނީ 50 ޕަސެންޓް ސަޕޯޓަރުން ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ

މިކަމާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ނިންމުންތައް ފީފާގައި އިސްތިއުނާފު ކުރާނެކަމަށެވެ. އަދި ނާކާމިޔާބު ވެއްޖެނަމަ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ނުވަތަ ކާސް އަށް ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2c9dcb20 97a6 11f1 b9b1 c18c7ed25243

އިންފަންޓީނޯއަށް ކުރި ތާޢީދު ނިއުޒީލެންޑުން އަނބުރާ ގެންގޮސްފި

2026 07 19T231127Z 612203009 UP1EM7J1SF1LV RTRMADP 3 SOCCER WORLDCUP ESP ARG

އެންމެފަހުން އިންފަންޓީނޯގެ ދިފާޢުގައި ޓްރަމްޕު ތެދުވެއްޖެ

CONMEBOL UEFA CONCACAF Infantino

ގިނަ ޤައުމުތަކުގެ ތާއީދު ގެއްލުމުން ތާއީދު ހޯދަން އިންފަންޓީނޯ ދެކުނު އެމެރިކާގެ ޤައުމުތަކަށް!

AFP20260809C49M978v1MidResFblArgentinaDeath

ބައްޕަގެ ޖަނާޒާއަށް މެސީ އާޖެންޓީނާއަށް، ކްލަބްތަކާއި އެފްއޭގެ ދިދަ ބައިދަނޑިއަށް