މީގެ ސާޅީހަކަށް އަހަރު ކުރިން މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑު ކަޕްގައި، ފުޓްބޯޅައިގެ ލެޖެންޑް ޑިއޭގޯ މަރެޑޯނާ ތުން ބޯޅަ ގޯލަށް ވައްދާލައި ކާމިޔާބުކުރި ގޯލު ޖެހި ބޯޅަ 3.3 މިލިއަން ޑޮލަަރަށް ނީލަމުގައި ވިއްކާލައިފިއެވެ.

6 ވަނަ އަހަރު  ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ އަތުން ގޯލަށް ބޯޅަ ފޮނުވާލައިގެން ވަނީ އިނގިރޭސީންމެ މައްޗަށް ކުރި ހޯދާފައެވެ. އެ މެޗުގައި ރެފްރީއަކަށް ހުރި ޓިއުނީޝިއާގެ ބިން ނާޞިރު، އޭރިއާގެ ކުޑަތަންކޮޅެއް ބޭރުގައި ހުރުމުން މެރެޑޯނާ އަތުގައި ޖެހިފައި އިނގިރޭސި ކީޕަރު ޕީޓަ ޝިލްޓަން ކައިރިން ގޯލަށް ބޯޅަ ވަން މަންޒަރު ނުފެނެއެވެ. އެހެންކަމުން ރެފްރީ ނާސިރު ނިންމީ އެއީ ގޯލެއް ކަމަށެވެ. އެ ގޯލު ޖެހި ބޯޅަ މެޗަށް ފަހު ލިބުނީ ބިން ނާސިރު އަށެވެ.

GettyImages 825484274 scaled

އިޝްތިހާރު އިޝްތިހާރު

"ހޭންޑް އޮފް ގޯޑް" ގެ ނަމުން މަޝްހޫރުކޮށްފައިވާ އެ ގޯލުގެ ވާހަަކަ އަދިވެސް ގިނަބަޔަކު ދައްކައެވެ. އެ ބޯޅަ 36 އަހަރުވަންދެން ނާޞިރުގެ އަތުގައި އޮތެވެ.

ނަމަވެސް އޭގެ ފަހުން އޭނާގެ މާލީ ހާލަތުގެ ސަބަބުތަކާހެދި 2022 ވަނަ އަހަރު ނީލަމެއްގައި ވަނީ ވިއްކާލާފައެވެ. އޭރު އެ ބޯޅަ ވިއްކާލީ 2.4 މިލިޔަން ޑޮލަރަށެވެ. މިއީ ފުޓުބޯޅައެއް ވިއްކާލި އެންމެ ބޮޑޫ އަގުވެސްމެއެވެ.

އަނެއްކާވެސް މިދިޔަ ހޮނިހިރު ދުވަހު ހެރިޓޭޖް އޯކްޝަންގައި އެ ބޯޅަ ވިއްކާލީ 3.3 މިލިއަން ޑޮލަރަށެވެ. އެ ބޯޅަ ނީލަމުގައި ވިއްކާލެވޭނެކަމަށް އަންދާޒާކޮށްފައި އޮތީ 10 މިލިޔަން ޑޮލަރަށެވެ.

މީގެ ކުރިން ވަނީ މަރަޑޯނާ އަތުން ގޯލު ޖެހި މެޗުގައި އޭނާ ކުޅުނު ޖާޒީވެސް ނީލަމެއްގައި ވިއްކާލާފައެވެ. އެ މެޗަށް ފަހު މަރަޑޯނާގެ ޖާޒީ ލިބިފައި އޮތީ އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު، ސްޓީވް ހޮޖްއަށެވެ.  އޭނާ ވަނީ 2020 ވަނަ އަހަރު މެރެޑޯނާ މަރުވުމުން އެ ޖާޒީ އެއްވެސް އަގެއްގައި ނުވިއްކާނެކަމަށް ބުނެފައެވެ. ނަމަވެސް އެކި ޕްރޮޕޯސަލްތައް ބޮޑު އަގުގައި ހުށައެޅުމާއެކު އޭނާ ވަނީ އެ ޖާޒީވެސް 2022 ވަނަ އަހަރު 8 މިލިޔަން ޑޮލަރަށް ވިއްކާލާފައެވެ.