ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިން ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ހަދަން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި

Io
TTH_Ads
STO_Ads
Advertisement

ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއް އެކުލަވާލަން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިގޮތަށް ހުކުމްކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކަރަންޓު ދިނުމަކީ ކައުންސިލްގެ ޒިންމާއެއްކަމަށް ބުނެ އެއްބަސްވުމެއް ހެދުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިޓީ ކައުންސިލުން ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ފެނަކަ މެދުވެރިކޮށް ދިނުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމުކުރަންޖެހޭނެ ކަމަށާއި، ނަމަވެސް އެކަމަށް ފެނަކައިން އެއްބާރުލުން ދީފައިނުވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މި ދައުވާއާ ގުޅިގެން ފެނަކައިން ކޯޓުގައި ބުނެފައިވަނީ، ކައުންސިލާއެކު އެއްބަސްވުމެއް ގާއިމުކުރަން އަމުރުކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ނެތުމަކީ ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެޅޭނެ ހުރަހެއް ނޫންކަމަށްވެސް އެ ކުންފުނިން ދިފާއުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި މައްސަލަ ބެއްލެވި ފަނޑިޔާރުން ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފެނަކައިން ރައްޔިތުންނަށް ޚިދުމަތް ދެމުން ގެންދަނީ ދިވެހި ސަރުކާރުން އެކަން އެ ކުންފުނީގެ މައްޗަށް ލާޒިމްކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭނެ ނުކުތާއެއް ނެތްކަމަށް ފާހަގަކުރައްވައި، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކައާ ދެކޮޅަށް ކުރި ދައުވާ ސާބިތުނުވާކަމަށް ސިވިލް ކޯޓުން ވަނީ ނިޔާ ކަނޑައަޅާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Igmh

މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަނުގެ މައްސަލައިގައި ފަޒީލްގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ދައުވާކޮށްފި

Io

ސިވިލް ކޯޓުގެ ތިން ގާޒީންގެ މަގާމަށް 42 ފަރާތަކުން ކުރިމަތިލައިފި

Io

ސިވިލް ކޯޓުގެ ތިން ގާޒީންގެ މަގާމަށް 42 ފަރާތަކުން ކުރިމަތިލައިފި