ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށިން ހެވީލޯޑަށް ދޫކުރި ބިން އެޗްޑީސީއާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި

Ew
TTH_Ads
Maldivian_Ads
STO_Ads
Advertisement

ތިލަފުށިން ހެވީލޯޑް މޯލްޑިވްސްއަށް ކުއްޔަށް ދޫކޮށްފައިވާ 30،000 އަކަފޫޓުގެ ބޮޑު ބިން، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 4.5 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް ސިވިލް ކޯޓުން ކޮށްފައިވަނީ ތިލަފުށިން ހެވީލޯޑަށް ދޫކޮށްފައިވާ ބިމަށް ކަނޑައެޅިފައިވާ ކުލި ނުދައްކައިގެން، ބިން އަނބުރާ ހޯދުމަށާއި ލިބެންޖެހޭ ފައިސާ ހޯދުމަށް އެޗްޑީސީން ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ. އެޗްޑީސީން މި މައްސަލަ ކޯޓަށް ހުށަހެޅީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ހެވީލޯޑާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ އާއި، ވަގުތީ ގޮތުން ކުއްޔަށް ދީފައިވާ އެ ބިމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ބިން އަނބުރާ އެޗްޑީސީއާ ހަވާލުކޮށްފައި ނުވާތީއެވެ. މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހެވީލޯޑުން އެޗްޑީސީއަށް ދައްކަންޖެހޭ 4.5 މިލިއަން ރުފިޔާއާއި، ބިން އަނބުރާ އެޗްޑީސީއާ ހަވާލުކުރާ ދުވަހާ ހަމައަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާ ފައިސާ އެއްފަހަރާ ދެއްކުމަށް އަންގާފައެވެ.

ކޯޓުން ވަނީ މި ފައިސާ ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެއްފަހަރާ ދައްކައި ދަރަނި ހަލާސްކުރުމަށް ހެވީލޯޑުގެ މައްޗަށް ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން ހެވީލޯޑް ކުންފުނީގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ. ކޯޓުގެ ގަޟިއްޔާއިން އެނގޭ ގޮތުގައި ހެވީލޯޑަށް ތިލަފުށިން ބިން ކުއްޔަށް ދީފައިވަނީ އަކަފޫޓެއް އެއްރުފިޔާގެ މަގުންނެވެ.

HajjCop_ads
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ހެވީލޯޑު ކުންފުންޏަށް އެ ބިން ހަވާލުކުރުމަށް އަންގާފައެވެ. ނަމަވެސް އެ ކުންފުނިން އެ އެންގުންތަކަށް އިޖާބަދީފައެއް ނުވެއެވެ. އަދި ހެވީލޯޑަށް ތިލަފުށިން ކުއްޔަށް ދިން ބިން އެ ކުންފުނިން ވަނީ އެހެން ފަރާތްތަކަށް ކުއްޔަށްދީފައި ކަމަށާއި، ބިން ހުސް ނުކުރެވިގެން އުޅެނީ އެ ސަބަބާ ހުރެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ސިވިލް ކޯޓުގެ މި ހުކުމާއެކު އެޗްޑީސީއަށް ލިބެންޖެހޭ ބޮޑެތި ފައިސާގެ ދަރަނިތައް ހޯދުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި