ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

88887
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ޖަލްސާތައް ހުށަހަޅައިދޭ، އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ބަންދުކޮށްގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު މިއަދު ބާތިލުކޮށްފިއެވެ.

ފުލުހުން މިއަދު މެންދުރު ވަނީ އަންވަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އިއުލާނުކޮށްފައެވެ. އެ އިދާރާއިން އޭރު ބުނެފައިވަނީ އޭނާ ހޯދަމުންދިޔައީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާން އަންގައި، ހާޒިރުވެފައި ނުވާތީ ކަމަށެވެ. އެހެންނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އަންވަރު ހޯދުމަށް ކުރި އިއުލާނު ނަގާފައެވެ. ސިވިލް ކޯޓުން މި އަމުރު ބާތިލުކުރި ވަކި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އަންވަރު އިބްރާހީމަކީ އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ ފަރާތެކެވެ. އެގޮތުން އެ ޕާޓީގެ އާންމު ޖަލްސާތައް ހުށަހަޅައިދިނުމުގެ އިތުރުން، މަގުމަތީގައި ބާއްވާ އެކިއެކި އިހުތިޖާޖުތަކާއި މުޒާހަރާތަކުގައި ވެސް އޭނާ އަންނަނީ އިސް ސަފުގައި ހަރަކާތްތެރިވަމުންނެވެ. އޭނާއަކީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސްގެ މަގާމުވެސް ފުރަމުން އަންނަ މެންބަރެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

justice building

އޮޅުވާލައިގެން ދައުލަތުން 168 މިލިއަން ހޯދަން ކުރި ދައުވާ ނާކާމިޔާބު ވެއްޖެ