ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގެ މައްސަލަތައް ތަހުގީގުކުރަން ފުލުހަށް ހުށަހަޅަނީ

8u
Maldivian_Ads
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނާ މައްސަލަ ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އާންމުކޮށްފައިވާ މާލީ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް ފަހުގައެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި މެލޭޝިއާއާއި ސިންގަޕޫރަށް ކުރި ދަތުރަކަށް 515101 ރުފިޔާ އަދި އަންހެނުންގެ ކޮމިޓީން ކުރި ދަތުރަކަށް 685509 ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މި ދަތުރުތައް ކޮށްފައިވަނީ ޚަރަދު ކުޑަކުރުމަށް މާލީ ވުޒާރާއިން އަންގާފައިވާ އެންގުންތަކާ ޚިލާފަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫގެ އެކި އަވަށްތަކުން ދޫކޮށްފައިވާ ބިންތަކަށް އިއުލާނުކުރުމަކާ ނުލައި އިތުރު ބިންތަކެއް ދީފައިވާ މައްސަލައާއި ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ 492533 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ހިތަދޫ އަވަށު އޮފީހަށް ގަތް ޕިކަޕަކާ އިންސްޕެކްޓުކުރުމެއް ނެތި ހަވާލުވެފައިވާއިރު އެ އުޅަނދުގައި ގިނަ މައްސަލަތަކެއް ހުރިކަން ވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.

HajjCop_ads
Advertisement

މި ކަންކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ ގާނޫނާ ޚިލާފަށް ނުވަތަ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ކޮށްފައިވާ ކަންތައްތަކެއް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ތަޖުރިބާ ދަތުރުތަކާއި ބިން ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުން ފާސްކޮށްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި