ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމާމުންނާއި ޚަޠީބުންނަށް ބޭއްވި ދީނީ ދައުރާ ޕްރޮގްރާމް ނިންމާލައިފި

TTH_Ads
STO_Ads
Advertisement

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ސިލްސިލާ ދައުރާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމު ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ދީނީ ދާއިރާއިން ސަޢުދީން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ އިސްލާމިކް މިނިސްޓަރަށާއި ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ އެމްބެސެޑަރަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޢިލްމުވެރިންގެ ޤާބިލުކަން އިތުރުކުރުމަށާއި ދީނީ ހޭލުންތެރިކަން ފުޅާކުރުމަށް ހިންގުނު މުހިންމު ޙަރަކާތެކެވެ.

HajjCop_ads
Advertisement

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު