ހުޅުމާލޭގައި ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނެތި ހިންގަމުންދިޔަ 4 ތަނެއް ބަންދުކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވީ ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެޗްޑީސީ އާ ގުޅިގެން 26 އޮކްޓޯބަރު ގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
MFDA@MFDA_mvޤާނޫނު ނަންބަރު 6/2024 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ތޯ އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން 26 ތަނެއް ބަލައިފާސްކޮށް ، ހުއްދަ ނެތި ހިންގަމުމް ދިޔަ 4 ތަނެއް ވަނީ ބަންދުކޮށްފައެވެ



އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާ ތޯ އަދި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި މި އޮޕަރޭޝަނުގެ ތެރެއިން 26 ތަނެއް ބަލައިފާސްކޮށް ، ހުއްދަ ނެތި ހިންގަމުން ދިޔަ 4 ތަނެއް ވަނީ ބަންދުކޮށްފައިކަމަށް ވިދާޅުވިއެވެ.
ކާބޯތަކެތި ވިއްކާ ތަންތަން ބަލައިފާސްކުރަން އެމްއެފްޑީއޭއިން ކުރާ މަސައްކަތް ފުޅާކުރުމަށް އެއޮތޯރިޓީގައި ދަފްތަރުކޮށްފައިވާ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަަސައްކަތްކުރާ ފަރާއްތަކުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑަށް އަމަލުކުރާގޮތް ބެލުމަށްޓަކައި ސަރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އިންސްޕެކްޝަން ކުރިއަށް ދާނެ ކަމަށާއި، އެމުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަމަށްވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން "އުފަކާރަ" ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމްއެއް ދަނީ ކުރިއަށް ގެންދަމުންނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.