ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތި އިޝްތިހާރުކުރަން ލެބް ރިޕޯޓް ބޭނުންކުރާތީ އެމްއެފްޑީއޭގެ ކަންބޮޑުވުން

health ministry
Maldivian_Ads
STO_Ads
TTH_Ads
Advertisement

ކާބޯތަކެތި އިޝްތިހާރުކުރަން ލެބް ރިޕޯޓް ބޭނުންކުރާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު އެމްއެފްޑީއޭއިން ޢާއްމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ސިއްޙީ އެތައް މަންފާތަކެއް ލިބޭކަމަށް ދޭހަވާގޮތަށް، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާއި ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓުތައް އިޝްތިހާރުކުުމުގައި ބޭނުންކުރާކަމަށް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކޮށްފައިވާ “ސެޓްފިކެޓް އޮފް އެނަލިސިސް”އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބޭނުމެއް ކުރުމަކީ، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މަނާކަމެއްކަން އެ އޮތޯރިޓީން ފާހަގަކުރައްވާފައިވެއެވެ.

HajjCop_ads
Advertisement

އެކި ބަލިތަކަށް ޝިފާއެއް ލިބޭކަމަށް ބުނެ ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްސަ ބަދަލެއް އަންނާނެކަމަށް ދޭހަވާ ގޮތަށް މާކެޓް ކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ 7 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގެ ދަށުން މަނާކަމެއްކަން އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.

ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްޙީ މަޢުލޫމާތަކީ އިލްމީ ދިރާސާއަކުން ސާބިތުވާ ތެދު މަޢުލޫމާތަށް ވާންޖެހޭނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ އުފެއްދުންތައްް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ޢިލްތިމާސްކުރައްވައެވެ.

އެމްއެފްޑީއޭއިން މިފަދަ ބަޔާނެއް ނެރުއްވާފައިވާއިރު، ހިކޭނެކަމަށް ނުވަތަ އެ ނޫނަސް ހަށިގަނޑަށް ބޮޑެތި ބަދަލުތައް އަންނާނެކަމަށް ބުނެ ކާބޯތަކެތީގެ ބައެއް ބާވަތަތްތައް ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި