ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޫން މަހު މަކަރާއި ހީލަތުން ނުވަ ލައްކަ ރުފިޔާ ފޭރިގަތް

police
STO_Ads
TTH_Ads
Advertisement

ހުސްވި ޖޫން މަހުގެ ތެރޭގައި މަކަރާއި ހީލަތުން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާގޮތުން ޖޫން މަހު އެ ސެންޓަރަށް 122 މައްސަލަ ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި 914،698.90 (ނުވަ ލައްކަ ސާދަ ހާސް ހަ ސަތޭކަ ނުވަދިހަ އަށް ރުފިޔާ ނުވަދިހަ ލާރި) ގެއްލިފައިވެއެވެ. މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު އެޅި އަވަސް ފިޔަވަޅުތަކާއެކު ގެއްލުނު ފައިސާގެ ތެރެއިން 598,678.04 ( ފަސް ލައްކަ ނުވަދިހަ އައްހާސް ހަ ސަތޭކަ ހަތްދިހަ އަށް ރުފިޔާ ހަތަރު ލާރި) ވަނީ އަނބުރާ ހޯދާފައެވެ.

ފުލުހުން ބުނީ 87 މައްސަލައެއްގެ ފައިސާ ފުރިހަމައަށް ހޯދިފައިވާއިރު 34 މައްސަލައެއްގެ ފައިސާއިން ބައެއް ހޯދިފައިވާކަމަށެވެ.

HajjCop_ads
Advertisement

މިދިޔަ މަހުވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކުގެ މައްސަލަތަކެެވެ.

ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:

އީ-ކޮމާސް: 74 މައްސަލަ
ފައިސާ މާރުކުރުމުގެ މައްސަލަތައް: 7 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 13 މައްސަލަ
ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 1 މައްސަލަ
އެހެނިހެން: 27 މައްސަލަ

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.

އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސް ސްކޭމްތަކަކީ ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައްކަމަށްވުމުން އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުން ނުވަަތަ މުދާ ލިބުމުންނޫނީ ފައިސާ ނުފޮނުވުމަށް ވެސް ފުލުހުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

scam alert

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް

scam alert

ނިމިދިޔަ ހަފްތާގައި ސްކޭމްކޮށްގެން ހަލައްކައެއްހާ ރުފިޔާ ފޭރިގަނެފި

8w

“ރާޔާ މާލެ” ނަމުގައި ހިންގާ ޕޭޖްގެ އަވާގައި ޖެހިއްޖެނަމަ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ސިންކުންތެއްގެ ތެރޭ ގެއްލޭނެ!