ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި އެކަނިވެސް 41 މައްސަލަ ރިޕޯޓުކޮށްފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ސެޕްޓެންބަރު މަހުގެ 27 އިން އޮކްޓޫބަރު 3ގެ ނިޔަލަށް ކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 386،611.68 ރުފިޔާއަށް އަރައެވެ. މި މުއްދަތުގައި އަނބުރާ ހޯދުނު ފައިސާގެ ޢަދަދު 381،503 ރުފިޔާ އަށް އަރައެވެ. ސްކޭމްގެ ޢަމަލު ހިންގުމަށް ބޭނުންކޮށްފައިވާ ޕްލެޓުފޯމްތަކުގެ ތެރޭގައި، އޮންލައިން މެސެޖިން އެޕްތައް، އައިބޭ، ޓިކްޓޮކް، ފޯނުކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.
ސްކޭމްގެ ބާވަތްތަކަށް ބަލާއިރު ފައިސާ މާރުކުރުމުގެ 16 މައްސަލަ، އީކޮމާސްގެ 14 މައްސަލަ، އިންވެސްޓްމެންތްގެ 5 މައްސަލަ އަދި އެހެނިހެން ބާވަތްތަކުގެ 1 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ނިސްބަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ފުލުހުން ފާހަގަކުރައްވައެވެ. ސްކޭމްގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވެފައިވާކަމަށް އެންޓިސްކޭމް ސެންޓަރުން މައުލޫމާތުދެއްްވައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވާން ޖެހޭކަމަށާ އޭއައި އަކީ ސްކޭމަރުން ބޭނުންކުރަންފަށާފައިވާ ވަސީލަތެއްކަން ފާހަގަކުރެވިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން މައުލޫމާތުދެއެވެ.
ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ 125 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.











ކިޔުންތެރިންގެ ހިޔާލު