ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަފުތާއެއްގެ ތެރޭގައި ސްކޭމްތަކުން ތިން ލައްކަ ރުފިޔާ ވަނީ ގެއްލިފައި

TTH_Ads
STO_Ads
Advertisement

ރާއްޖޭގައި މިދިޔަ ހަފުތާއެއްގެ ތެރޭގައި އެކި ބާވަތްތަކުގެ ސްކޭމްތަކުގައި ޖެހި، އާންމު ރައްޔިތުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 372،515.59 ރުފިޔާއަށް އަރާކަމަށް ފުލުހުން ހާމަކޮށްފިއެވެ. އެންމެ ގިނައިން ރިޕޯޓުކުރެވުނީ އޮންލައިން ވިޔަފާރީގެ ނަމުގައި މީހުން އޮޅުވާލުމުގެ މައްސަލަތަކެވެ.

ސްކޭމް ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ ޔުނިޓުން މިރޭ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް 35 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި އޮންލައިން ވިޔަފާރީގައި އޮޅުވާލުމުގެ 13 މައްސަލައާއި، ފައިސާ ބަދަލުކުރުމުގައި އޮޅުވާލުމުގެ 6 މައްސަލައާއި، ޝަޚުސު އޮޅުވާލުމުގެ 9 މައްސަލައާއި، ފިޝިން، ވިޝިން އަދި ވަޒީފާ ދިނުމާ ގުޅޭ 6 މައްސަލަ ހިމެނެއެވެ. ގެއްލުނު ފައިސާގެ ތެރެއިން ފުލުހުން ވަނީ 148،781.94 ރުފިޔާ ހޯދައިދީފައެވެ.

ސްކޭމަރުން އާންމުކޮށް ބޭނުންކުރަނީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިން އެޕްތައް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސްއެވެ. މީހަކަށް ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި، ޓޫ ފެކްޓާ އޮތެންޓިކޭޝަން ހަރުކަށި ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

scam alert

މިދިޔަ ހަފުތާގައި އެކަނިވެސް ސްކޭމްގެ 36 މައްސަލައެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފި

އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

އާސިފްގެ ބައްޕައާ ސީޕީ ބައްދަލުކުރައްވައި ތައުޒިއާ ދަންނަވައިފި