މިހާރު އެންމެގިނައިން ހިންގަނީ ގެސްތްހައުސް ފަދަ ތަންތަނަށް އަމާޒުކޮށް ބުކިންސް ކެންސަލްކޮށް ފައިސާ ހޯދުމުގެ ސްކޭމެއްކަމަށް ފުލުހުން ބުނެފިއެވެ.
ސްކޭމްތަކާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މިހާރު އެންމެ ގިނައީ އިންޓަނެޓް މެދުވެރިކޮށް ގަނެވިއްކުމުގެ މުޢާމަލާތްތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތުން ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ސްކޭމް ހިންގަނީ ގެސްޓްހައުސް ތަކަށާއި ރިސޯޓްތަކަށް އަމާޒުކޮށެވެ. އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ، ބުކިން ހައްދާ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނެ ފަހުން އެ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ.

ރިސޯޓް ހޮޓެލް ގެސްޓްހައުސްފަދަ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ސްކޭމެއް. ވަރަށް މުހިންމު ކުރިން ޖަމާކުރި ފައިސާއެއްތޯ މި ރިފަންޑް ހެދެނީ ބެލުން
އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވިއެވެ.
ފުލުހުން ވަނީ މި މައްސަލަތަކާ ގުޅިގެން 48 ގަޑިއިރަށް 2,803 ބޭންކު އެކައުންޓެއް ފްރީޒްކޮށް ކޯޓު އަމުރުގެ ދަށުން އިތުރު 535 އެކައުންޓެއް ވެސް ފްރީޒްކޮށްފައެވެ. އަދި މި މައްސަލަތަކުގައި 53 މީހަކު ހައްޔަރުކޮށް 25 މައްސަލައެއް ޕްރޮސިކިއުޓް ކުރެވިފައިވާ އިރު ހަތަރު މީހެއްގެ މައްޗަށް ދަޢުވާކޮށް ހުކުމް ވެސް ކޮށްފައިވެއެވެ.
ސްކޭމް މައްސަލަތައް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މާލެއިން ކަމަށް ވާ އިރު ދެން އެންމެ ގިނައީ އައްޑޫ ރ. އަތޮޅު އަދި ކުޅުދުއްފުށި ސިޓީން ހުށަހެޅުނު މައްސަލަތަކެވެ.










ކިޔުންތެރިންގެ ހިޔާލު