ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަލޮޅުގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

Io
ގ. ފުންފަޅުގޭގައި އަލިފާން ރޯވެފައި — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

މާލޭގެ ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހުރި ގ. ފުންފަޅު ގޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:49 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ގިނައިރުތަކެއް ނުވެ، އެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ. އެ ފަންގިފިލާގެ ބެލްކަނީގައި އަލިފާން ރޯވެ، ގޭތެރޭގައި ހިފާ ގެންގުޅޭ ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން، އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށްވެސް އަލިފާނުގެ އަސަރުކޮށް، ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

HajjCop_ads
Advertisement

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

Io

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

Igmh

ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

Io

ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާ: 109 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި