ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނޭންޝަލް އެކްސްޕޯއަށް 16،000 މީހުން ޒިޔާރަތްކުރި

TTH_Ads
Maldivian_Ads
STO_Ads
Advertisement

9 އަހަރަށްފަހު ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެކްސްޕޯކަމަށާއި ފައިނޭންޝަލް އެކްސްޕޯއަށް 16،000 މީހުން ޒިޔާރަތްކުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. މި އެކްސްޕޯ ބާއްވާފައިވަނީ މިމަހުގެ 2 އިން 4 އަކަށެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ވަނީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދުތައް އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ދީފައެވެ. މި އެކްސްޕޯ ބާއްވާފައިވަނީ 3 ދުވަހުގެ މުއްދަތަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެމްއެމްއޭއިން ވިދާޅުވީ، ފައިނޭންޝަލް އެކްސްޕޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން 3 ދުވަހުގެ ތެރޭގައި އެކްސްޕޯއަށް 16،000 އެއްހާ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އެމްއެމްއޭއިން މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފައިނޭންޝަލް އެކްސްޕޯކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އެކްސްޕޯގެ ތެރެއިން މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވައި މާލީ ނިޒާމުގެ ތެރޭގައި އެންމެން ބައިވެރިކުރުވުމަށް ބާރުއެޅުމުގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އީޖާދުތައް ދައްކާލެވިފައިވާކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުންފަދަ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މި އެކްސްޕޯގައި 38 ސްޓޯލެއް ވަނީ ބަހައްޓާފައެވެ.

އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ބުނީ މިއީ ވަރަށް ކާމިޔާބު އެކްސްޕޯއެއްކަމަށެވެ. އެގޮތުން އެކި އުމުރުފުރާގެ މީހުން އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކޮށްފައިވާކަމަށް އެމީހުން ވަނީ ފާހަގަކޮށްފައެވެ.

“އެކްސްޕޯގެ ތެރެއިން ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ކަސްޓަމަރުން އައިސް އިންފޮމޭޝަން ހޯދައި އަދި މި ސްޓޯލްއިން އަޅުގަނޑުމެން ފޯރުކޮށްދޭ ގޭމްތައް ކުޅެފައިވަނީ.” އެކްސްޕޯގައި ބައިވެރިވި ފަރާތަކުން ބުންޏެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވަނީ 9 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މީގެ މައިގަނޑު މަޤްޞަދަކީ މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމާއި، މާލީ ނިޒާމުގެ ތެރޭގައި އެންމެން ބައިވެރިކުރުވުމަށް ބާރުއެޅުމުގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އީޖާދުތައް ދައްކާލުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި އެކްސްޕޯގައި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، މާލީ ދާއިރާގެ މާހިރުންގެ ޕެނަލް މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެއްޖެ

MMA

ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު ހިއްސާކުރުން ލާޒިމުކޮށް ގަވާއިދު ބަދަލުކޮށްފި

mma

ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުން އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ