ދީނީގޮތުން ދިވެހީން ހޭލުންތެރިކުރުވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު އިސްވެ ހުންނަވައި އުފެއްދެވި މަންފާ ޖަމިއްޔާ އިން "ބަންގި" ނަމުގައި ނަމާދު ވަގުތު އަންގައިދޭ އެޕެއް ލޯންޗު ކޮށްފިއެވެ.

މި އެޕް ލޯންޗު ކޮށްފައި ވަނީ "މަންފާ އެކަޑަމީ" އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ހަފްލާގައެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ހޯލްގައި އޮތް ހަފްލާގައި އިފްތިތާހު ކުރި މަންފާގެ "ބަންގި" އެޕްލިކޭޝަންގައި ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތައް އަދި ދުއާތަކާއި ޒިކުރުތަކުގެ މާނަ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ހިމަނާފައިވެއެވެ.

ނަމާދު ވަގުތު ޖެހުމާއެކު އެކަން އަންގައިދޭ މެސެޖެއް އަންނާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން އެހެން ޤައުމެއްގައި ހުރިނަމަ އެ ޤައުމެއްގެ ނަމާދު ވަގުތުތައް އެޕުން އަންގައިދޭނެއެވެ. އަދި ޤިބުލަ ބުނެދެއެވެ.

"އައްްތިބްޔާން" އިން ޑިވެލޮޕްކޮށްފައިވާ މި އެޕުން ނަމާދު ވަގުތުގެ އިތުރުން ދެން އޮތް ނަމާދަށް ބާކީ އޮތް ވަގުތުތައް ވެސް އަންގައިދެއެވެ.